ރާއްޖެ އަންނަ މީހުން 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭ ގޮތަށް ހަމަޖައްސާ ކޮވިޑް ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ މީހުން 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭ ކަމަށެވެ. އަދި އެ އެންގުމަށް މެއި ތިންވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށެވެ.
ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ ރާއްޖޭ އާއި އަދި އަވައްޓެރި ގައުމުތަކުގައިވެސް ވަރަށް ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ މީހުން އަންނަ އިންޑިއާގައި ކޮވިޑް ވަނީ ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ފެތުރި އިންސާނީ ބޮޑު ކާރިސާއަކަށް ވެފައެވެ.
ޑިރެކްޓަރު ޖެނެރަލްްގެ އެންގުމުގައި ބުނެފައިވަނީ ފަަތުރުވެރިންނާއި ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުންވެސް ހިމެނޭ ގޮތަށް ރާއްޖެ އަންނަ ހުރިހާ މީހުން 96 ގަޑިއިރުނުވާ ކޮވިޑް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ނުހިމެނެނީ އަހަރު ނުވާ ކުދީން އެކަންޏެވެ.
މި އެންގުމުގައި ޑީޖީ ވަނީ އެ އެންގުން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ. އަދި އެ އެންގުމަށް މެއި މަހުގެ ތިންވަނަ ދުވަހު އަމަލު ކުރަން ފެށުމަށް އަންގާފައިވެއެވެ.