އެޑްވަޓޯރިއަލް

ވަގު ހިފަން ހިކްވިޝަން އެލާމް ސިސްޓަމެއް

May 2, 2021

ފާއިތުވި ދެ އަހަރު ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ހުރީ 4000 އިން މަތީގަ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްޔިތުންނާއި އެކި ކުންފުނިތަކުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ރާއްޖޭގައި މަގުބޫލް އައިޓީ ކުންފުނި ކަމަށްވާ ލިންކްސާވް އިން ރާއްޖެ އެތެރެކޮށް ވިއްކާ ހިކްވިޝަން މަރުކާގެ އެލާމް ސިސްޓަމް މެދުވެރިކޮށް، އެފަދަ ގެއްލުންތަކުން ސަލާމަތް ވެވިދާނެ އެވެ. ދުނިޔޭގެ މަޝްހޫރު މި ބްރޭންޑްގެ އިންޓްރޫޑާ އަދި ފަޔާ އެލާމް ސިސްޓަމް އޮފީހުގައި ނުވަތަ ވިޔަފާރި ހިންގާ ތަނުގައި ހަރުކޮށްގެން ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ލިންކްސާވް އިން ބުނެ އެވެ.

ލިންކްސާވް އިން ހިކްވިޝަންގެ އެލާމްސިސްޓަމް ވިއްކަނީ ތިން ކެޓަގަރީ އަކަށެވެ. އެއީ ގޭގެއަށް، ކުދި ވިޔަފާރި، އޮފީސް ތަކަށް އަދި ބޮޑެތި ކުންފުނި، ވިޔަފާރި އަދި އިމާރާތް ތަކަށެވެ. ކުޑަ ފިހާރައަކަށް ނުވަތަ އޮފީހަކަށް ވިޔަސް އެ ސިސްޓަމްގެ ބޭނުން ހިފޭނެ އެވެ. އެތައް ސަތޭކަ މުވައްޒަފުން މަސައްކަތްކުރާ ބޮޑެތި އޮފީސްތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ވެސް މި ސިސްޓަމް އަޅުވާލެވޭނެ އެވެ.

މި ސިސްޓަމުން ތަނުގެ ތެރޭގައި ދުނުމުގެ އަސަރު ހުރެއްޖެނަމަ އެކަން އަންގައި ދޭނެ އެވެ. އަދި ތަނަށް ވަނުމުގެ ހުއްދަ ނެތް މީހަކު ވަންނަން އުޅޭނަމަ ގޭގައި ހުއްޓާ ވެސް އެކަން އެނގޭނެ އެވެ. މީގެ އިތުރަށް ކުންފުންޏެއްގެ ގުދަންތަކާއި ފިހާރަ އަދި އޮފީހުގައި ވަކި ވަކިން ސެކިއުރިޓީ ގާޑުން ބޭތިއްބުމުގެ ބަދަލުގައި މި އެލާމް ސިސްޓަމްއިން ހިކްވިޝަން ގެ ސެންޓުރަލް މެނޭޖްމެންޓް ސޮފްޓްވެއާ މެދުވެރިކޮށް މި ހުރިހާ ތަނެއް އެއްތަނެއްގައި ހުރެގެން މަދު ސެކިއުރިޓީ ގާޑަކާއެކު ބެލެހެއްޓޭނެ އެވެ.

ލިންކްސާވް އަކީ ހިކްވިޝަންގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެހެންކަމުން ގަންނަ އެއްޗަކީ ސީދާ އުފައްދާ ފަރާތުން ގެނެސްފައިވާ އޮރިޖިނަލް އެއްޗެއް ކަމުގެ ޔަގީންކަން ލިންކްސާވް އިން ދެއެވެ. އަދި ލިންކްސާވް މެދުވެރިކޮށް ގަންނަ ހިކްވިޝަންގެ ކޮންމެ އުފެއްދުމަކަށް އެއް އަހަރުދުވަހުގެ ވޮރެންޓީ ލިބޭ ކަމަށް ވެސް ބުނެ އެވެ.

ހިކްވިޝަންގެ އިންޓްރޫޑާ އެލާމް ސިސްޓަމް ލިންކްސާވްގެ ޝޯރޫމުން ގަންނަން ލިބޭނެ އެވެ. އަދި ލިންކްސާވްގެ އީ-ސްޓޯރުން ވެސް އެ އުފެއްދުންތައް ގަނެވޭނެ އެވެ. މާލެ އަދި ހުޅުމާލެ އަށް ހިލޭ ޑެލިވަރީ އަދި އަތޮޅުތަކަށް ފީއަކާއެކު ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދެއެވެ.