ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލް ދުއްވުން މަނާކޮށްފި

ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ ބުދަ ދުވަހުން ފެށިގެންނެވެ.

މިއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. މީގެ ކުރިންވެސް ކޮވިޑް ކޭސްތައް ގިނަވުމުން ވެހިކަލް މަނާ ވަގުތުތަކެއް ހަމަޖެއްސިއެވެ. އެކަމުގެ ބޭނުމަކީ ބޭރަށް ނިކުމެ އުޅޭ މީހުންގެ އަދަދު މަދުކުރުމެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ އެންގުމުގަައި ބުނެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލްގައި އުޅެވޭނީ ހަމައެެކަނި ހުއްދަ އޮތް ފަރާތްތަކަށް ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އަދި ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި. އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ މީހުންނެވެ.

ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފައެވެ.