އެމްޓީސީސީ

އެމްޓީސީސީގެ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ 16 ވަނަ ދުވަހު

May 4, 2021

އެމްޓީސީސީން ބާއްވާ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ މި މަހު 16 ވަނަ ދުވަހު އޮންނާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ބުނީ އެ ކުންފުނިން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއަށް ހިއްސާދާރުންނަށް ދައުވަތު އަރުވާ ކަމަށެވެ.

މި އަހަރުގެ ހާއްސަ ގޮތުން ކުރާ މި އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް 16 ވަނަ ދުވަހުގެ ހަވީރު އެވެ. ޖަލްސާގައި ބައިވެރިވެވޭނީ މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުނަށެވެ.

ޖަލްސާގެ އެޖެންޑާ

  • ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  • ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ފާސްކުރުން

އެމްޓީސީސީން މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި ވެސް ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި އެ ކުންފުންޏަށް ޑިރެކްޓަރެއް ހޮވާފައިވެ އެވެ.

އެމްޓީސީސީން ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ ބާއްވާއިރު މިދިޔަ އަހަރު އެ ކުންފުނިން ރެކޯޑް އަދަދެއްގެ ބޮޑު ސާފު ވަނީ ހޯދާފަ އެވެ. މި ސާފު ފައިދާގެ ސަބަބުން އެ ކުންފުނިން ހިއްސާދާރުންނަށް ބަހާ އަދަދު ވެސް ވަނީ އިތުރު ކޮށްފަ އެވެ.