އުލިގަން

ޓޫރިޒަމް ޕްރޮޖެކްޓެއް ދެއްކީ ސިޔާސީ ބޭނުމަށް: އުލިގަމު ރައީސް

އުލިގަމު ބަނދަރުގައި ޔޮޓުތަކެއް: އެ ރަށުގައި ޓޫުރިޒަމް ޕްރޮޖެޖްޓްތައް ހިންގާ ވާހަކަ އަބަދުވެސް އޮވޭ -- ފޮޓޯ: އަވަސް
0%
0%
0%

ހއ. އުލިގަމުގައި ހިންގާނެ ކަމަށް ސަރުކާރުން ބުނާ ޓޫރިޒަމާއި ގުޅޭ މަޝްރޫއު ތަކަކީ އަމަލީ ގޮތުން އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ސިޔާސީ ބޭނުމަށް ގެންގުޅޭ މަޝްރޫއުތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އުލިގަމުގައި ޔޮޓް މެރީނާއަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 2008 ވަނަ އަހަރުން ފެށިގެން ސަރުކާރު ތަކުން ދައްކާ ވާހަކަ އެކެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒު ވިދާޅުވީ ގެސްޓްހައުސް މަޝްރޫއަށް ކަނޑައަޅާފައިވާ ބިން ޓޫރިޒަމް މިނިސްޓްރީ އަށް ދީފައިވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާނަމަ އެ ބިމުގައި މަސައްކަތް ތަކެއް ކުރެވިފައި ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މުއާޒް ވިދާޅުވީ ރަށުގެ ބޮޑު ބިމެއް އެއްވެސް މަސައްކަތެއް ނުކޮށް އަހަރުތަކެއް ވަންދެން ހުސްކޮށްފައި ބާއްވަން ޖެހޭތީ ކަންބޮޑުވާ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމަކީ އެކި މީހުންނަށް މީގެ ކުރިން ވަރުވާ އަށް ދީގެން ކޮންމެ ވެސް ވަރަކަސް ރަށަށް އާމްދަނީ ލިބުނު ބިމެއް. ނަމަވެސް މިހާރު އެއްވެސް މަންފާ އެއް ނުލިބި އެބިމުގެ ބޭނުން ނުކުރެވި އޮތް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" މުއާޒު ވިދާޅުވި އެވެ.

އުލިގަމުގައި ޔޮޓް މެރީނާ އަކާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަކީ އުލިގަމު ރައްޔިތުންގެ ހުވަފެނެކެވެ. މުއާޒު ވިދާޅުވީ ޔޮޓް މެރީނާއާއި ގެސްޓްހައުސް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެ ރަށާއި ކައުންސިލުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

މުއާޒު ވިދާޅުވި ގޮތުގައި ޓޫރިޒަމް ޕްރޮޖެކްޓު ތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނާތީ އެ މަސައްކަތްތައް އަވަސް ކުރަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި ވަރަށް ގިނައިން އެދިފައިވާނެ ކަމަށެވެ. އެކަމަކު ކައުންސިލުން ފޮނުވާ އެއްވެސް ސިޓީ އަކަށް ކަމާ ގުޅޭ އިދާރާ ތަކުން ޖަވާބު ނުދޭ ކަން ފާހަގަކުރެއްވި އެވެ. އެގޮތަށް އިދާރާތަކުން އަމަލުކުރަނީ އުލިގަމުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށް ރައްޔިތުންނާއި ކައުންސިލަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އުލިގަމު ޓޫރިޒަމް ޕްރޮޖެކްޓް ތަކަކީ ސަރުކާރުތަކުން އިންތިހާބުތަކާއި ދިމާކޮށް ރައްތިޔުންގެ ލޮލުގައި އަޅުވާ އަނދުނެއްގެ ގޮތުގައި ގެންގުޅޭ އެއްޗެއް. މިއީ ކަންބޮޑުވާ މައްސަލައެއް،" މުއާޒު ވިދާޅުވި އެވެ.

އުލިގަމުގައި ޔޮޓު މެރީނާއަކާއި އެކު ސިޓީ ހޮޓަލެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން އެ މަޝްރޫއު ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލުމުގެ ކުރިން ޔޮޓް މެރީނާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ފަޅުގެ ސަރަހައްދެއް ކަނޑައަޅައިދިނުމަށް ޓޫރިޒަމް މިނިސްޓްރީން އުލިގަމު ކައުންސިލްގައި އެދިފައިވެ އެވެ. މިނިސްޓްރީން އެދުނު ގޮތަށް ސަރަހައްދު ކަނޑައެޅުމަށްފަހު އެންގިތާ އެތައް މަހެއް ފާއިތުވެ ދިޔައިރުވެސް މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އުލިގަމް ކައުންސިލުން ބުނެ އެވެ.

އުލިގަމުގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެ ކުންފުނިން އެ ރަށުގައި ބައެއް މަސައްކަތްތައް ކުރި ނަމަވެސް ހޮޓާ އަޅައި ހިންގޭ ގޮތެއް ނުވި އެވެ. އެހެންވެ އެކަމަށް ހާއްސަކުރި ބިމާއި އެ ތަނުގައިވާ ތަކެތި ވަނީ ސަރުކާރަށް ނަގާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓީމީޓޫމޫ

ކައުންސެލަރު މުއާޒު ބުނެފަ އޮތީ ރަގަޅު ވާހަކައެއް. އުލިގަމު ރައްޔިތުންނަށް އަދަބު ދެނީ މެމްބަރު ސައްލެ އަޑީގަ ހުރެގެން. އެމްޑީޕީގެ ތާއީދު އުލިގަމުގަ ނެތީމަ. ސައްލެއަކީ ވަރަށް ހަސީލަތް ނުބައި މީހެއް. ހުރިހާކަމެއް ހޯރަޕުސީއަށްކޮށްދެނީ. އުލިގަމު ތުރާކުނު އޮތީ ވަރަށް ހުތުރުކޮށް ބާކީކޮށްފަ. އުލިގަމު މެރީނާއަކީ ސީދާ ހުވަފެނެއް. ސަރުކާރުން އެކަން ނުކުރާނެ. ކެލާ މައުސޫމުވެސް ހުރީ އުލިގަމަށް އެކަން ނުވާނެ ގޮތަށް ރާވައިގެން. އުލިގަމު ރައްޔިތުން ސަރުކާރަށް ދިނީ ވަރަށް ސާފު މެސެޖެއް. ހޮވުނު މިނިވަން ކައުންސެލަރުން ކޮޅު ގަނެލަން ސައްލެ މިހާރު މަސައްކަތްކުރަނީ. އަސަދުﷲ އަށް ބޮޑު އަގެއްވެސް ހުށަހަޅާފަ އޮތީ. މިހެންވެގެން ރައްޔިތުން ފޫހިވަނީ. ރައްޔިތުން އަމިއްލައަށް އުލިގަމު ތަރައްގީކުރަން ނިކުންނަންވީ އަވަހަށް.

ކަންއޮތްގޮތް

ތިކަން ޙަޤީޤަތުގަވެސްއޮތީ ތިހިންނެވެ. ވަކިސަރުކާރެއް ކިޔާނެކަމެއްނެތެވެ. ރައީސް މައުމޫނުގެ އިރުއްސުރެ ތިކަންއޮތީ ތިހިންނެވެ. ސިޔާސަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ރައީސް މައުމޫނު އެރަށުގައި ކަސްޓަމަކާއި އިމިގްރޭޝަންއަކާއި ކޯސްޓްގާޑުގެ ސެކިޔުރިޓީ ޕޯސްޓެއްހަދައި އުޅަނދުފަހަރު ކުލިޔަރުކޮށް ޔޮޓުފަހަރުއައިސް ކުލިއަރުކޮށް ޗުއްޓީއެއް ހޭދަކޮށްލެވޭނެ މަގުތަނަވަސްވުންނޫން އެހެން އިތުރު އެއްކަމެއްވެސް ނުކުރެއެވެ. އެގޮތަށް އެތަކެއް އަހަރުތަކެއްވީފަހުން ދެންއައި ސަރުކާރުން ކަންތައްތަކެއް ރޭވިއެވެ. އެކަމަކު އެސަރުކާރު ވެދިޔައީ މުއްދަތު ހަމަނުވި ސަރުކާރަކަށެވެ. ދެންއައި ސަރުކާރުވެސް އަދި އެއަށްފަހު އައި ރައީސް ޔާމީންގެ ސަރުކާރުގެ މުއްދަތުގައި، އެއްވެސްޢަމަލީ ކަމެއްނުކުރެވި ނިމިދިޔައީ ހުވަފެން ދެއްކުމުގައެވެ. މިހާރު މިއޮތް ބޯކިބާ ސަރުކާރުން ޚިޔާލު ފާޅުކުރިނަމަވެސް ފެންނަނީ، ބަހާނެގޮތް ނުއެނގި ކޯޅުންގަނޑެއްގައި އުޅޭތަނެވެ. ކަމެއްވުމުގެ އުންމީދު ވަރަށްވެސް ކުޑައެވެ. އެނގިދާނެތާއެވެ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910