ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ޖެހުން ހުއްޓާލައިފި

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އަލުން ކޮވިޝީލްޑް ވެކްސިން ދޭން ފެށާނެ ތާރީހެއް އަދި ނޭނގޭ ކަމަށެވެ. ވެކްސިން ދިނުން ހުއްޓާލާފައި މިވަނީ ސަރުކާރުން ރާއްޖޭގައި ޖަހަމުން ދާ ވެކްސިންގެ ސްޓޮކް މަދު ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގައި ބޭނުން ކުރަން ރާއްޖޭގައި ހުރި ވެކްސިން ޑޯޒްގެ އަދަދު މަދުވެފައިވާ ކަމަށް ރޭ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް ވެކްސިން ރައްކާކޮށްފައި ހުރި އަދަދު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށް މީގެ ކުރިން ވެސް މީޑިއާގައި ރިޕޯޓް ކުރި އެވެ. އެކަމަކު އެ ރިޕޯޓްތައް ސަރުކާރުން އޭރު ދޮގު ކޮށްފައިވެ އެވެ. އެހެން ކަމުން މިއީ ވެކްސިންގެ އަދަދު މަދުވެފައިވާ ކަމަށް ސަރުކާރުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 228،000 އަށް ވުރެ ގިނަ މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާފަ އެވެ. އާބާދީގެ ބޮޑުބައި ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖެއިން ވެކްސިނަށް އޯޑަރު ކޮށްފައެވެ. އެ ވެކްސިނެއް އަދި ނުލިބެ އެވެ.