ބޭރު ކުޅިވަރު

އަންނަ ސީޒަންގައި ޔުނައިޓެޑް އިން ފަލްކާއޯ ނުފެދިދާނެ: އޭޖެންޓް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ އަންނަ ސީޒަންގައި ޔުނައިޓެޑް އިން ނުފެދިދާނެ ކަމަށް ފަލްކާއޯގެ އޭޖެންޓް ބުނެފި އެވެ.

ޔުނައިޓެޑަށް ބަދަލުވި ފަހުން ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން، ފަލްކާއޯ ޔުނައިޓެޑްގެ ފުރަތަމަ 11ގައި މިހާތަނަށް ކުޅެފައިވަނީ އެންމެ އަށް މެޗުގަ އެވެ.

އިނގިރޭސި ލީގުގައި އާދިއްތަ ދުވަހު ސައުތުހެމްޓަން އަތުން 1-0 އިން ޔުނައިޓެޑް ބަލިވި މެޗުގައި ޔުނައިޓެޑްގެ ސްކޮޑުން ފަލްކާއޯ އަށް ޖާގައެއް ނުލބުނެވެ. އެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނީ ފަލްކާއޯ އަށް ސްކޮޑުން ޖާގަ ނުދިނީ އަނިޔާގެ މައްސަލައަކާ ގުޅިގެން ނޫން ކަމަށާއި އެއީ "ޓެކްޓިކަލް" ބަދަލެއް ކަމަށެވެ.

ކުރިން އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ އަށް ކުޅުނު ފަލްކާއޯ ވަނީ އެނބުރި މޮނާކޯ އަށް ނުދާން ނިންމައިފަ އެވެ. އެތުލެޓިކޯ އިން މޮނާކޯ އަށް 50 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ފަލްކާއޯ ބަދަލުވީ 2013 ވަނަ އަހަރެވެ. -- ބީބީސީ