ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މައިމޫނާ އަބޫބަކުރު

ޖިމްތަކާއި ސެލޫންތައް ބަންދުކުރަން އަންގައިފި

ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރޭތީ މާދަމާ އިން ފެށިގެން ޖިމްތަކާއި ސެލޫންތައް ބަންދުކުރަން އެޗްޕީއޭ އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަރުކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނީ ވަކި އެއްޗެއް އަންގަންދެން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް، ސެލޫންތައް އަދި ސިނަމާތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.

މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށާއި ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

މީގެ އިތުރުން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް މީގެ ކުރިންވެސް އަޅާފައިވެ އެެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން ވަނީ އޮންްލައިން ކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުންވެސް ވަނީ ހުއްޓުވާފަ އެވެ. އަދި ހުއްދައާ އެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނަލެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރް ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް ވެސް ވަނީ މެދުކަނޑައިލާފަ އެވެ.