ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި އާ ވޭރިއަންޓެއް، ވަރަށް ނުރައްކާ

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެެއް އުޅޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އުޅެނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާ ވޭރިއަންޓްގެ ނުރައްކާ ވަރަށް ބޮޑު ކަމަށާ ހާއްސަކޮށް ފުއްޕާމެއަށް ގެއްލުންދޭ މިންވަރު ބޮޑު ކަމަށެވެ.

މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު 766 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ 700 އިން މަތީގައި ޕޮޒިޓިވް ނަންބަރު ހުރި ތިން ވަނަ ދުވަހެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 171 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 23 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދު ހެދީ 3،153 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 8،261 މީހުންނެވެ. މިހާތަނަށް 25،782 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 205 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 82 މީހެކެވެ.