ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭއެފްސީ ކަޕް

ރާއްޖެ އަންނަން އޮތް އިންޑިއާގެ ދެ ކުޅުންތެރިން ޕޮޒިޓިވްވެއްޖެ

އޭޓީކޭ މޯހަން ބާގަން އެފްސީގެ ދެ ކުޅުންތެރިއަކު ޕްރެކްޓިސްގައި. ރާއްޖެ އަންނަން އުޅެނިކޮށް އެ ޓީމްގެ ދެ ކުޅުންތެރިއަކު ވަނީ ޕޮޒިޓިވްވެފައި---
0%
100%
0%

އޭއެފްސީ ކަޕްގެ މެޗެއް ކުޅެން ރާއްޖެ އަންނަން ހަމަޖެހިފައިވާ އިންޑިއާގެ ޓީމެއްްގެ ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުން ޕޮޒިޓްވީ އެ ގައުމުގެ ޓީމެއް ކަމަށްވާ އޭޓީކޭ މޯހަން ބާގަން އެފްސީގެ ދެ ކުޅުންތެރިން ނެވެ. ޕްރަބީރު ދާސް އާއި އެސްކޭ ސާހިލް ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު ކަމަށްވެސް އިންޑިއާގެ ނޫހުން ބުންޏެވެ.

ދެ ކުޅުންތެރިން ޕޮޒިޓިވް އިރު އޭއެފްސީކަޕްގެ ޕްލޭއޮފް މެޗްކުޅެއް އައި ބެންގަލޫގެ ފުޓްބޯޅަ ކްލަބްގެ ކުޅުންތެރިން ރާއްޖެ އައިސް އެޗްޕީއޭގެ ގައިޑްލައިން ތަކާ ހިލާފުވި މައްސަލަ ވަނީ ހޫނުވެފަ އެވެ. ޕްރެކްޓިސްއާއި މެޗުތަކަށް ނޫނީ ހޮޓަލުން ބޭރަށް ނުކުތުން މަނާ ނަމަވެސް ކުޅުންތެރިން އެ ގައިޑްލައިންއާ ހިލާފުވެފައިވާތީ އެ ޓީމް ރާއްޖެއިން ފުރަަންވެސް މިހާރު ވަނީ އަންގައިފަ އެވެ.

ކުޅުންތެރިންތަކެއް ޕޮޒިޓިވްވިއިރު ރާއްޖޭގައި ކުޅެން އޮތް މެޗުތައް މިހާރު ވަނީ ފަސްވެސް ކޮށްފަ އެވެ. އަދި ޓީމްތައް އެނބުރި ގައުމަށް ދިއުމުގެ އިންތިޒާމްތައް ހަަމަޖައްސަންވެސް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން މިހާރު ވަނީ އަންގައިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މައިކް

ކިހާބޯޑުކަމެއް ހަމޖެހޭތަ ތިބޯޅާއެއްކުޅެން. އިންޑިޔާމިހުން ގެން ނަްންޖެހޭތް.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910