ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިވިލްސާވިސް ކޮމިޝަން

ކޮވިޑަށް ޕޮޒިޓިވްވާ ސީއެސްސީގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަދައިފި

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އަދި ކޮންޓެކްޓްވެގެން ކަރަންޓީނުވާ ސިވިލް ސާވިސް މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭ ގޮތަށް އުސޫލު ހަމަޖައްސައިފި އެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ގޭގޭއި ތިބެގެން ސީއެސްސީގެ މުވައްޒަފުން މަސައްކަތް ކުރެވޭގޮތަށް ހަމަޖެއްސީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އެކެެހެރިވާން ޖެހޭ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އަންގާފައިވާތީ ކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި އުސޫލުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ސާމްޕަލް ނަގާތާ ހަތް ދުވަސް ވަންދެން ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރުވުމުން ނެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ މީހުން ކަރަންޓީނުވާން ޖެހޭނީ 10 ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް ވެކްސިން ފުރިހަމަނުކުރާނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ އެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 1209 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 103،582 އަށް އަރާފަ އެވެ.