ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބަށް ކުރިމަތިލިވި ސިވިލް ސާވެންޓުންގެ މައްސަލަ ހައި ކޯޓަށް

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު އެ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާނުލެވި ދިގުދެމިގެން ދާތީ ހައި ކޯޓަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލް އިންތިހާބާއި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ މައްސަލައަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައި ދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިހާބަށް ކުރިމަތިލާ ސިވިލް ސާވިސް މުވައްޒަފުން އެ އިންތިހާބު ނިމެންދެން ތިބެން ޖެހެނީ ސަސްޕެންޑްގަ އެވެ. އަދި އެ މުއްދަތުގައި އެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭނެ އެވެ. އެހެންކަމުން އެ މުވައްޒަފުންނަށް މާލީ އެކި ދަތިތަކާ ކުރިމަތިވަމުން އެބަ ދެ އެވެ.

މީގެ އިތުރުން ސަސްޕެންޑްކޮށްފައިވާ މުވައްޒަފުން ވަކި މުއްދަތެއް ނެތް ގޮތަށް، މަސައްކަތްތަކުން އެކަހެރިކޮށްފައި ވުމުން ރައްޔިތުންނަށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ސީއެސްސީން ބުންޏެވެ.

އެހެންކަމުން އިންތިހާބު ބާއްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރި ތާރީހު ކަމުގައިވާ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ދެން އިންތިހާބު ބޭއްވޭނެ ތާރީހު އިއުލާން ކުރުމާ ހަމައަށް ހިނގާ މުއްދަތުގައި އެ މުވައްޒަފުންގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމައި ދިނުމަށް ސީއެސްސީން އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަނާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުުށަހެޅިއިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިންތިހާބާ ގުޅޭ ހާއްސަ ވަގުތީ ގާނޫނުގެ ބިލުގައި އެ ސަސްޕެންޝަން އުވާލަން ހިމަނާފައިވެ އެވެ.

އެކަމަކު މިދިޔަ ހަފުތާގައި ޖަލްސާތައް މެދުކަނޑަލާއިރު އެކި ސަބަބުތަކާ ގުޅިގެން މި ހަފުތާ ފަށަން އުޅުނު މަޖިލީހުގެ ޖަލްސާތައް ވެސް ފެށިފައި ނުވާތީ ބިލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ. ގަވާއިދު ބުނާ ގޮތުން ބިލު ފާސްކުރުމުގެ ކުރިން ތަޅުމަށް ބަލައިގަނެ ކޮމިޓީއަކުން ދިރާސާ ކުރަން ޖެހެ އެވެ،