ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއޭސީއެލް

ވީއައިއޭގެ ޓްރެފިކް ކުރީގެ ހާލަތާ ދިމާއަށް

ވީއައިއޭގެ އޮޕަރޭޝަންތައް ކޮވިޑްގެ ކުރީގެ ހާލަތާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ވީއައިއޭ ހިންގާ، އެމްއޭސީއެލްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް ވެސް ވަނީ ކޮވިޑްގެ ކުރިން 2019 އަހަރު ރިކޯޑްކުރި މޫވްމަންޓާ ގާތްގަނޑަކަށް އަރާ ހަމަ ކޮށްފަ އެވެ.

އެގޮތުން 2019 ވަނަ އަހަރު ވީއައިއޭގައި ބައިނަލްއަގުވާމީ އުދުހުންތަކުގައި 27،562 އެއާ ޓްރެފިކް މޫވަމަންޓް ރެކޯޑް ކުރެވުނު އިރު މިދިޔަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 25،628 އެއާ ޓްރެފިކް މޫވްމަންޓް އެވެ. ދެހާސް ވިިިިހި ވަނަ އަހަރު މި އަދަދު ހުރީ 11،921 ގަ އެވެ.

ނަމަވެސް އެތެރޭގެ އުދުހުންތަކުގެ އެއާ ޓްރެފިކް މޫވަމަންޓް ކޮވިޑްގެ ކުރީގެ އަދަދާ އަޅާބަލާއިރު އޮތީ އަދިވެސް ފަހަތުގަ އެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ އެ އަދަދު އިތުރެވެ.

އެތެރޭގެ އުދުހުންތަކުގެ އެއާ ޓްރެފިކް މޫވްމަންޓް

  • 2019 ވަނަ އަހަރު: 35،918
  • 2020 ވަނަ އަހަރު: 13،311
  • 2021 ވަނަ އަހަރު: 22،338

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަަށް 36 އެއާލައިންއިން ދަތުރުކުރި އެވެ. ނަމަވެސް 2020 ވަނަ އަހަރު އެ އަދަދު 26 އަށް ވެއްޓުމަށް ފަހު ކުރިއެކޭ އެއްގޮތަށް މިދިޔަ އަހަރު 36 އެއާލައިންއިން ރާާއްޖެއަށް ދަތުރުތައް ކުރި އެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް 43 ސަަރަހައްދަކުން ފަތުރުވެރިން އައެވެ. ނަމަވެސް 2020ވަނަ އަހަރު އެ އަދަދު 25 އަށް ވެއްޓު ނެވެ. އެކަމަކު މިދިޔަ އަހަރު ފަތުރުވެރިކަން ރަނގަޅުވެ 41 ސަަރަހައްދަކުން ފަތުރުވެރިން އައިސްފައި ވެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު އެވެ. ނަމަވެސް އޭގެ ހަތަރު މަހެއްހާ ދުވަހަށް ފަހު ބޯޑަރު ތައް އަލުން ހުޅުވާލި އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ދުނިޔޭގެ އެހެންގައުމުތަކުގައި ރަނގަޅުނުވާތީ ކޮވިޑްގެ ކުރިން އައި މިންވަރަށް 2020 ވަނަ އަހަރު ފަތުރުވެރިންނެއް ނާދެއެވެ. ނަމަވެސް މިދިޔަ އަހަރު ފަތުރުވެރިކަން ރަނގަޅުވެ 1.32 މިލިއަން ފަތުރުވެރިން ރާއްޖެ އައެވެ.