ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނޭޕާލްގެ ބޮޑުވަޒީރަށް އިތުބާރު ނެތްކަމަށް ވޯޓުން ދައްކައިފި

ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީއަށް އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އޭނާ ފެއިލްވެ ވަޑައިގެންފި އެވެ. އޭނާއަށް ލިބިވަޑައިގަތީ 93 ވޯޓެވެ. އޯލީއާ ދެކޮޅަށް 124 ވޯޓް އަދި 15 އެމްޕީން ވަކިކޮޅަކަށް ވޯޓް ނުދެއްވަ އެވެ. ބޮޑުވަޒީރަށް އިތުބާރު އޮތް ކަމަށް ފާސް ވުމަށް 136 ވޯޓް ބޭނުންވެ އެވެ.

ގާނޫން ހަދާ މަޖިލީހުގެ ރައީސް އަގްނީ ސަޕްކޮޓާ ވިދާޅުވީ އިތުބާރުގެ މައްސަލާގައި ބޮޑުވަޒީރު ވޯޓަކަށް އެދިވަޑައިގެންނެވި ކަމަށާއި ބޮޑުވަޒީރާ މެދު ގޮތެއް ނިންމާފައި ވަނީ 232 މެމްބަރުންގެ ހާޒިރުގައި ކަމަށެވެ.

ބޮޑުވަޒީރު އޯލީ ސަރުކާރު ހިންގަވެވުމުގައި ވަރަށް ބޮޑަށް ތަފާތު ކުރައްވާ ކަމަށް އިއްތިހާދުގައި ހިއްސާވާ މަޔޮއިސްޓުން ކުރި ޝަކުވާއަށް ހައްލެއް ނުލިބުމުން، ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާގެ ލީޑަރު ޕުޝްޕާ ކަމާލް ދާހަލް ވަނީ ކޯލިޝަން ރޫޅާލާފަ އެވެ. މި ހިސާބުން ގާނޫން ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ބޮޑުވަޒީރަށް ވަނީ ގެއްލިވަޑައިގެންފަ އެވެ.

ބޮވަޒީރު ކޭޕީ ޝަރުމާ އޯލީ 69، އަށް އިތުބާރު ނެތް ކަމަށް ފާސްވުމާ ގުޅިގެން މަގާމު ގެއްލިވަޑައިގަންނަވާނެ ކަމަށް ވަނީ ނިންމާފަ އެވެ. ނޭޕާލި ކޮންގްރެސް ލީޑަރު ޕްރަކާޝް މަން ސިންގް ވިދާޅުވީ ނޭޕާލުގައި ދެން އޮންނާނީ އާ ސަރުކާރެއް އެކުލަވާލުން ކަމަށެވެ.

ނޭޕާލުގައި ސިޔާސީ ގޮތުން ބައިބައިވުން ބޮޑުވެފައި ވަނީ މިދިއަ އަހަރު ޑިސެމްބަރުގައި ބޮޑުވަޒީރު އޯލީ ވިދާޅުވުމަށް ރައީސް ބަންދާރި ގާނުން ހަދާ މަޖިލިސް އުވާލުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ކޯޓުން ވަނީ މިކަން ހުއްޓުވާފަ އެވެ.