ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

16 މީހަކު އައިސީޔޫގައި، ފަސް މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިވަގުތުވެސް 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާ ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު މިދިޔަ ސައުވީސް ގަޑިއިރުތެރޭ ޓެސްޓް ކުރެވުނު 6،208 ސާމްޕަލްގެ ތެރެއިން 1،501 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު 247 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. ދެން ތިބި މީހުންނަށް ފަރުވާ ދެނީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ފްލޯ އާއި 16 ވަނަ ފްލޯގައި ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފައިވާ ސެންޓަރުގައެވެ.

ޑީއެޗް11 އަކީ އައިސީޔޫއެކެވެ. އެއީ ކޮވިޑްގެ އެންމެ ހާލުބޮޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެކެވެ. ޑީއެޗް16 އަކީ ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ސެންޓަރެކެވެ.

އެޗްއީއޯސީން މިރޭ ބުނީ މިވަގުތު 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭގެތެރެއިން 12 މީހަކު އޮތީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެއީ އައިސީޔޫގައި ފަރުވާ ދެމުންދާ 10 މީހަކާއި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދާ ދެ މީހެކެވެ.

ދަރުމަވަންތަ 11 ގައި ތިބީ ނުވަ މީހެކެވެ. އެތަނުގައި ހަ މީހަކު އައިސީޔޫގައި އަދި ތިން މީހަކު ވެންޓިލޭޓަރުގައިވެެއެވެ.

މިއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ސީރިއަސް ހާލަތުގައިވާ ދުވަހެވެ.