ބިންހެލުން

މޮރިޝަސްއަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

މޮރިޝަސް ކައިރިއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް އިން ދެންމެ ބުނީ 6.7 ގެ ބާރު މިނުގައި މޮރިޝަސް ކައިރިއަށް ބާރުގަދަ ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.

ބިން ހެލުން އައީ ރާއްޖެއާ 2510 ކިލޯ މީޓަރު ދުރުންނެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ މިރޭ ހަތްގަޑި ފަހެއްގައެވެ.

މިއީ ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިހާރުވެސް ގިނަ އަތޮޅުތަކަށް މޫސުމީ އިންޒާރު ވަނީ ނެރެފައެވެ.