މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ދެކުނު އިންޑިއާ ކަނޑަށް އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަކަށް ނެތް

Jul 1, 2023

ދެކުނު އިންޑިއާ ކަނޑަށް މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މި ބިންހެލުން އައިސްފައިވަނީ މާލެއާ 1،748 ކިލޯމީޓަރު ދުރުންނެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ހަ މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.

ބިންހެލުން އައީ ރާއްޖޭ ގަޑިން މިއަދު މެންދުރު 12:29 ހާއިރުއެވެ.