ބިންހެލުން

ޖަޕާނަށް ބާރުގަަދަ ދެ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

ޖަޕާނަށް ބާރުގަަދަ ދެ ބިންހެލުމެއް އައި ނަމަވެސް އެކަމުގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ޖަޕާނަށް 6.4 މެގްނެޓިއުޑް ބާރު މިނުގައި އަދި 7.3 މެގްނެޓިއުޑް ބާރުމިނުގައި ދެ ގުޑުމެއް ވަނީ އައިސްފައެވެ. އެއާއެކު ސުނާމީގެ އިންޒާރު އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ޖަޕާންގެ ހޮންޝޫ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ބިން ހެލުން އައި ސަރަހައްދާއި ރާއްޖޭގެ ހަނިމާދޫ އާ ދެމެދު 7653 ކިލޯމީޓަރު ހުރެއެވެ.

7.3 މެގްނެޓިއުޑް ބާރު މިނުގެ ބިން ހެލުން އައި ކަމަށް ރެކޯޑް ކުރެވިފައިވަނީ 7:36 ގައެވެ. ބިން ހެލުމާއި ގުޅިގެން މަގުތަކާއި ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. މީހަކަށް ގެއްލުންވީ ކަމުގެ ސާފު ރިޕޯޓެއް އަދި ނުލިބެއެވެ.