ބިންހެލުން

ބައެއް ރަށްރަށަށް ބިންހެލުން އަތުވެއްޖެ

ރާއްޖޭގެ ބައެއް ރަށްރަށަށް ބިންހެލުން އަތުވެއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖީން ބުނި ގޮތުން ގޮތުގައި ރޭ ދަންވަރު ގއ. އަތޮޅުގެ ބައެއް ރަށްތަކުގައި ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓް ވަނީ ލިބިފަ އެވެ.

ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭ ގަޑިން ރޭ ދަންވަރު 12:11 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ބިންހެލުމުގެ ސަބަބުން ރާޢްޖެއަށް ނުރައްކަލެއް ކުރިމަތި ވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.