ދުނިޔެ

ގުދުސް މިނިވަންނުވެ ސުލްހައެއް، ހަމަޖެހުމެއް ނެތް: އައްބާސް

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވަނީ ގުދުސްއަކީ ރަތް ރޮނގެއް ކަމަށާއި އިޒްރޭލުގެ އިސްތިއުމާރާއި ކޮރަޕްޝަނުން މުޅި ސިޓީ މިނިވަންވި ދުވަހަކުން ނޫނީ ސުލްހައެއް، ސަލާމަތެއް އަދި ހަމަޖެހުމެއް ވެސް ނެތް ކަމަށެވެ.

"ފަލަސްތީން މީހުން މިތިބެނީ ބަލަބަލާ، އިޒްރޭލުގެ ވަކިތައް ކޮށާލެވޭނެ ދުވަހަކަށް" އައްބާސް ވިދާޅުވި އެވެ. ރާމަﷲގައި ފަލަސްތީން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އައްބާސް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމާއި ގެދޮރުވެރިކުރަން ކުރާ މަސައްކަތްތައް ހުއްޓުވާލެވޭނެ ދުވަހަކަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރާނަން، އަޅުގަނޑުމެންގެ މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުން ހުއްޓުވަން،" އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ ގުދުސް އާއި ޣައްޒާ އަދި ހުޅަނގު ސަހަރާގައި ވެސް އިޒްރޭލު މިހުން ފާރަވެރިވާނެ ކަމަށާއި ދޫކޮށްލާފައި ނުދާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ ދުނިޔޭގެ ބާރުތަކުން ގޮތެއް ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށާއި އެމެރިކާއާއެކު ވެސް މަޝްވަރާކުރެވޭ ކަމަށެވެ.

ފަލަސްތީން ރައްޔިތުންނަށް އައްބާސް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށާއި އިޒްރޭލަށް އޮތް ގޮތަކީ އަނިޔާވެރިކަން މިހާރު ހުއްޓާލުން ކަމަށާއި މާދަމާއަށް ފަސްކުރުމަކީ ސޭކުކަމަކަށް ވެދާނެ ކަމަށެވެ.

އިޒްރޭލުން މިހާރު ވެސް ދަނީ ޣައްޒާއަށް ބޮންއަޅަމުންނެވެ. ސިނާއީ މަރުކަޒެއް އާންމުން ދިރިއުޅޭ ގެދޮރެއް ބެލުމެއް ނެތެވެ. އަންހެނުންނާއި ކުޑަކުދިންނަށް ވެސް ހަމަލާތައް ވަނީ އަމާޒުކޮށްފަ އެވެ. ފަލަސްތީން ރެޑް ކްރެސެންޓުން ބުނާ ގޮތުން މިހާތަނަށް މަރުމި މީހުންގެ އަދަދު 65 ވަނީ އަރާފައި ވާއިރު އެކިވަރުގެ އަނިޔާ ލިބުނު މީހުން 365 އަށް ވުރެސް އިތުރުވާނެ އެވެ.