މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގެންފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު ފުރާ ވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ގެންގޮސްފައި ވަނީ ވަރުގަދަ ސެކިއުރިޓީ އަކާއި އެކީ އެވެ.
މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައި ވެއެވެ. ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވި އެވެ. ފުރާނަފުޅު ސަލާމަތްވީ ކިރިއާ އެވެ.

ނަޝީދުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެން އެމަނިކުފާނުގެ އިތުރު ޗެކަޕްތަކެއް ހައްދަވާނެ އެވެ. އަދި އިތުރު ފަރުވާއެއް ހޯއްދަވަން ޖެހޭނަމަ އެކަމެއް ކުރައްވާނެ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދާއެކު ޖަރުމަނަށް ވަޑައިގަންނަ ވަނީ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ދެބެންގެދެދަރި އަންހެން ބޭފުޅެކެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގަ އެވެ.