އޭޑިކޭ ހޮސްޕިޓަލް

ނަޝީދުގެ ހަށިކޮޅުގައި ގިނަ ޒަހަމުތަކެއް

މިރޭ ހިނގި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މިރޭ ހިނގި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 8:30 ގައެވެ. އެ ހޮސްޕިޓަލުން ދެންމެ ބުނީ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިފައިވަނިކޮށް މިރޭ 8:30 ގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވަޑައިގެންފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ އޭޑީކޭއަށް ވަޑައިގެންފައެވެ.