ލައިފްސްޓައިލް

އުދުހިލާ: އުނޫޝާ ކިޔާދޭ ނާނާއެއް!

May 17, 2021
1

އާދަކާދައިގައި ހިމެނޭ ނާނާއަަށް ކީ ލަވަތަކަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތަކެކެވެ. ބައެއް ނާނާއަކީ ދަރިފުޅު މަސަލަސް ކުރަން މަަންމައިން ކިޔައިދިން ނާނާ ތަކެކެވެ. އަނެއްބައި ނާނާ ތަކަކީ މަޔަކު ދަރިއަކަށް ކުރާ އުއްމީދުތަކުގެ ނާނާ އެކެވެ. ނާނާ ކިޔުމަކީ އަބަދުވެސް އޮންނަ ކަމެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އަދި އަބްދުލް ބާސިތު (ބާޗީ) ފުރަތަމަ އަލްބަމް "އުދުހިލާ" އަކީ ތުއްތު ކުދިންނަށް ހާއްސަ ކޮށްލައިދޭ ނާނާ އަލްބަމަކެވެ. މުޅި އަލްބަމްގައި ހިމެނެެނީ އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ މުޅިން އާ ނާނާ ތަކަކާއި ކަވާ އެކެެވެ.

އުނޫޝާ ބުނާގޮތުގައި މި އަލްބަމަކީ އޭނާގެ ދަރިފުޅަށް އިންތިޒާރު ކުރަމުން ދިޔަ ވަގުތު އެ އުފާވެރި އިހުސާސްތަކާއެކު ކިޔާލި ނާނާ ތަކެކެވެ.

ޖޭމް ދޮންކަމަނަ ލިޔުއްވި "ނާނާ" ޝަފީގާގެ އަޑުން

އަލްބަމްގައި ހިމެނޭ ހަތް ނާނާ އަކީ މުޅިންވެސް މަޑުމަޑު ރާގުތަކަށް އުނޫޝާގެ ހިތްގައިމު އަޑުން ގެނެސްދީފައިވާ އާ ލަވަތެެކެވެ. އުނޫޝާގެ އަޑުގެ އިތުރުން މި އަލްބަމްގައި ދެން އިވެނީ އެނާގެ މަންމަ، ލަވަކިޔުންތެރިޔާ ޝަފީގާގެ އަޑެވެ. ޖޭމް ދޮންކަމަނަ ލިޔުއްވި "ނާނާ" ކިޔާފައި ވަނީ ޝަފީގާ އެވެ.

އަލްބަމްގެ ޓައިޓްލް ސޯންގް ހާއްސްކޮށްލީ ދަރިފުޅަށް

އުނޫޝާ ބުނާގޮތުގައި މި ލަވަ އޭނާ އަށް ހާއްސަ ވަނީ މިއީ އެނާގެ މަންމަ ނާނާއެއްގެ ގޮތު ކުޑައިރު ކިޔައިދޭ ލަވައަކަށްވުމުން ލަވަ އޭނާގެ ހިތާ ކައިރި ކަމުންނެވެ. ޓައިޓްލް ލަވަ "އުދުހިލާ" އަކީ އޭނާގެ ދަރިފުޅަށް ހާއްސަ ކޮށްލާފައިވާ ލަވައެއް ކަމުގައި އުނޫޝާ ބުންޏެވެ.

ފިރިހެން ދަރިފުޅު އުޒޯމާ އިބްރާހިމް ހަމީޝްގެ ދެވަނަ އުފަން ދުވަހާއި ދިމާކޮށް "އުދުހިލާ" އަލްބަމް ރަސްމީކޮށް ނެރެދެއްވީ ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދެވެ.