ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ބަލީގައި މިއަދު ތިންވަނަ މީހަކު މަރުވެއްޖެ

May 14, 2021

ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ދިޔަ ތިންވަނަ މީހަކު މިއަދު ރާއްޖެ އިން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ރާއްޖެއިން މަރުވި ތިންވަނަ މީހަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ (ޑީއެޗް11)ގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.

އެޗްޕީއޭ އިން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 90 ވަނަ މީހާ އެވެ.

މިއަދުގެ ތާރީހުގައި ކުރިން މަރުވި ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.

އެތަނުން އެކަކު މަރުވި އިރު އުމުރުން 86 އަހަރެވެ. އަނެއް މީހާގެ އުމުރަކީ 64 އަހަރެވެ.

ރާއްޖޭގައި އިއްޔެ އެކަނިވެސް 1،216 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ހުރީ 41،308 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،784 މީހުންނެވެ. މިހާތަނަށް 27،428 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 259 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.