ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގުރައިދޫއާއި ކެނދިކުޅުދޫ މޮނިޓަރިން އަށް

May 14, 2021
1

ތ. ގުރައިދޫއާއި ނ. ކެނދިކުޅުދޫ މިއަދު މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ކެނދިކުޅުދޫ އާއި ގުރައިދޫ ކައުންސިލުން ބުނީ އެ ދެ ރަށް މޮނިޓަރިންއަށް ގެންދިޔައީ ރަށުގެ ބަޔަކު ކޮވިޑް 19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ އެ ރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުން މާލެއަށް ދަތުރުކުރާ ބޯޓެއްގެ ބަޔަކު ކަމަށެވެ. އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ވެސް މިހާރު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެއިތުރުން ކެނދިކުޅުދޫން ނަގާފައިވާ ރެންޑަމް ދެ ސާމްޕަލެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ގުރައިދޫ ކައުންސިލުން ބުނީ އެރަށުން ޕޮޒިޓިވް ވެފައިވަނީ ލ. އަތޮޅަށް ޑޮކްޓަރަށް ދެއްކުމަށްފަހު ރަށަށް އައި ބަޔަކު ކަމަށެވެ.

މީގެއިތުރުން އެ ރަށުގައި އޮތް ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ އަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތުދެ އެވެ.

ކޮވިޑް 19އާއި ގުޅިގެން ކެނދިކުޅުދޫ އާއި ގުރައިދޫއާ އެކު ޖުމްލަ 48 ރަށެއް މިވަގުތު އޮތީ މޮނިޓަރިން އަށް ގެންގޮސްފަ އެވެ.