އެމްއެންޑީއެފް

މައުލޫމާތެއް ލިބިގެން އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ލިބުނު މައުލޫމާތަކާ ގުޅިގެން އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް އަދި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އާޒިމް ނުދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، އެމްބާ އަށް ބަދަލުކޮށްފަ އެވެ.

ދައުލަތުގެ މުހިއްމު އިދާރާތަކުގެ ސެކިއުރިޓީ ވެސް މިވަގުތު ބަލަހައްޓަމުން ގެންދަނީ ހަތިޔާރު އެޅި ސިފައިންނެވެ.