ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދު ހަތަރު މަރު، މި އަހަރު 40 މަރު

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑްގައި މިއަދުގެ ހަތަރުވަނަ މަރެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑްގައި ފުރަތަމަ މަރުވީ އުމުރުން 86 އަހަރު މީހެއް ކަމަށެވެ. އޭގެ ފަހުން 64 އަހަރުގެ މީހަކުވެސް މަރުވިއެވެ. މި ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.

އެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.

އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދުގެ ހަތަރު މަރާއެކު ކޮވިޑްގައި ރާއްޖެއިން މަަރުވި މީހުންގެ އަދަދު ވަނީ 91 އަށް އަރާފައެވެ.

މިއީ މިއަހަރުގެ 40 ވަނަ ކޮވިޑް މަރެވެ. 2020 ވަނަ އަހަރު ކޮވިޑް ޖެހިގެން މަރުވެފައިވަނީ 51 މީހެކެވެ.

ރާއްޖޭގައި އިއްޔެ އެކަނިވެސް 1،216 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ހުރީ 41،308 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،784 މީހުންނެވެ. މިހާތަނަށް 27،428 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 259 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.