ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިދިޔަ 24 ގަޑިއިރުތެރޭ މި ބަލި ޖެހިގެން ރާއްޖެއިން މަރުވި ފަސްވަނަ މީހާ އެވެ.
އެޗްޕީއޭއިން ބުނީ މިރޭ 11:53 ގަައި މަރުވެފައިވަނީ 63 އަހަރުގެ ދިވެހި އަންހެނެއް ކަމަަށެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ރާއްޖޭގެ ކޮވިޑްގެ 92 ވަނަ މަރެވެ. މި މަހުގެ 19 މަރެވެ. އަދި މި އަހަރުގެ 41 ވަނަ މަރެވެ.
މިއަދު ފުރަތަމަ މަރުވީ އުމުރުން 86 އަހަރު މީހެއް ކަމަށެވެ. އޭގެ ފަހުން 64 އަހަރުގެ މީހަކުވެސް މަރުވިއެވެ. މި ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.
އެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.
އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކުރީން ނަގާފައިވާ ބައެއް ސާމްޕަލްތަކާއެކު މިދިޔަ ސައުވީސް ގަޑިއިރުތެރޭ 1467 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 5،037 ސާމްޕަލްގެ ތެރެއިންނެވެ. މިއަދު ޕޮޒިޓިވް މީހުންނާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،003 އަށް އަރާފައެވެ.
އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. މިއީ އެންމެ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދުވަހެވެ.