ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މިއަދު މަރުވީ ހޮސްޕިޓަލްގައި އޮންނަތާ 23 ދުވަސްވީ މީހެއް

ކޮވިޑް-19 ގެ ބަލީގައި މިއަދު މަރުވީ ހޮސްޕިޓަލްގައި އޮންނަތާ 23 ދުވަސްވީ މީހެއް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ކޮވިޑް-19 ޖެހިގެން މިއަދު މަރުވެފައިވަނީ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްއީއޯސީން މިރޭ ބުނީ މިއަދު މަރުވި މީހާއަކީ މީގެ 23 ދުވަސް ކުރިން ފެށިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެ މީހާ މަރުވީ އައިސީޔޫގައި ފަަރުވާ ދެމުން ދަނިކޮށެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަަދަދު 43 އަށް އެރީއެވެ.

މި ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގައި ތިން މީހަކު ވަނީ މަރުވެފައެވެ.

އެޗްއީއޯސީން ބުނީ ކޮވިޑްގައި ގިނައިން މަރުވެފައިވަނީ ވަރަށް ގިނަ ދުވަހު އެޑްމިޓްކޮށް ފަރުވާ ދިން މީހުން ކަމަށެވެ. އަދި މަރުތައް އިތުރުވުމަކީ އެ ވަގުތަކު ކޮވިޑްގެ ހާލަތު އޮތް މިންވަރާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 12,204 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 11،289 މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 93 އިންސައްތައެވެ.