މީޑިއާނެޓް

މިސް ޔުނިވާސް ޝޯ މީޑިއާނެޓުން ލައިވްކޮށް

May 15, 2021

މިސް ޔުނިވާސް 2020 މީޑިއާނެޓް ފޮކްސްލައިފް އެޗްޑީ (ޗެނަލް 810) އަދި މަލްޓި ސްކްރީނުން ލައިވްކޮށް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މިސް ޔުނިވާސްގެ 69 ވަނަ އެޑިޝަން ބާއްވަނީ ފްލޮރިޑާގަ އެވެ. މީޑިއާނެޓުން މި ޝޯ އަންނަ ހޯމަ ދުވަހުގެރޭ ފަތިހު 5:00 ގައި ލައިވްކޮށް ދައްކާނެ އެވެ.

އޭގެ ރިޕީޓު ހަމަ އެ ދުވަހުގެ ހަވީރު 5:00 ގައި ފޮކްސްލައިފް އެޗްޑީއިން ދައްކާނެ އެވެ.

މިސް ޔުނިވާސް މުބާރާތަކީ ދުނިޔޭގެ 74 ގައުމަކުން ބައިވެރިވާ މުބާރާތެކެވެ. މުޅި ކާއިނާތުން އެންމެ ރީތި މީހާ ހޮވުމަށް ބާއްވާ މި މުބާރާތް ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ. ކޮންމެ އަހަރަކު ވެސް އެ މަގާމަށް އާ އަންހެނަކު ހޮވަ އެވެ. އެންމެ ފަހުން މިސް ޔުނިވާސްގެ ލަގަބު ލިބިފައި ވަނީ ސައުތު އެފްރިކާގެ އަންހެނެއް ކަމަށްވާ ޒޮޒިބިނީ ތުންޒީ އެވެ. ޒޮޒިބިނީ އަކީ ސައުތު އެފްރިކާ އަށް އެ ލަގަބު ހޯދައިދިން ތިން ވަނަ އަންހެން މީހާ އެވެ