ޕީއެސްއެމް

ޕީއެސްއެމުން މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ

Jan 18, 2023

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މީޑިއާ ނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފައިވަނީ މީގެ ކުރިން ޕީއެސްއެމް އިން މީޑިއާނެޓް މެދުވެރިކޮށް ހޯދި ހިދުމަތްތަކަށް ފަސް މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށެވެ. އެ އަދަދު ނުދައްކާ އޮތުމުގެ ސަބަބުން އިންޓަރެސްޓްގެ ގޮތުގައި 4.2 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

ޕީއެސްއެމްއިން ވަނީ ހިދުމަތުގެ އަގުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދައްކަން ކޯޓުގައި އެއްބަސްވެފަ އެވެ. އެކަމަކު އިންޓަރެސްޓް ފައިސާ ދައްކަން އެ ކުންފުނިން އެއްބަހެއް ނުވެ އެވެ.

އެކަމަކު ސިވިލް ކޯޓުގެ ހުކުމުގައިވަނީ އިންޓަރެސްޓް ފައިސާ ނެގޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް ފާހަގަކޮށްފަ އެވެ.

މިހުކުމުގައި ބުނެފައިވަނީ ހިދުމަތުގެ އަގާއި އިންޓަރެސްޓާ އެއްކޮށް 9.3 މިލިއަން ރުފިޔާ ޕީއެސްއެމްގެ ފަރާތުން މީޑީއާ ނެޓަށް ދައްކަން ޖެހޭ ކަމަށެވެ.

ޕީއެސްއެމްއަށް ފައިސާ ދެއްކުމަށް ދީފައިވަނީ އެއް މަސް ދުވަހެވެ.