މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ކުންފުނިތަކުން ނިކުމެއްޖެ

އެލްޖީއޭ އާއި އެކު ކުންފުނިތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ
0%
0%
0%

މާލޭގެ މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގު ނެގުމުގެ އުސޫލަށް މާލެ ސިޓީ ކައުންސިލުން ބަދަލު ގެނައުމުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ނިކުމެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާނެޓް، އާރްއޯއެލް އަދި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބައިވެރިވި އެވެ.

ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލުގެ ސަބަބުން ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްއާ ހިއްސާ ކުރައްވާފަ އެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އުސޫލަށް ބަދަލު ގެނެސްފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ. ސިޓީ ކައުންސިލުން އަގު ނަގާ އުސޫލަށް ބަދަލު ގެނެސްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަމަށް އެ ކައުންސިލުން ބުނެ އެވެ. ނަމަވެސް ޝަރީފް ބުނީ އުސޫލަށް ބަދަލު ގެންނަނަމަ އެލްޖީއޭގެ ލަފާ ހޯދަން ޖެހޭ ކަމަށް އެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެލްޖީއޭގެ ފަރާތުން ލިބިފައި އޮތް މައުލޫމާތަކީ، މިކަމާ އެލްޖީއޭއާއި އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާކަން،" ޝަރީފް ވިދާޅުވި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އާއި އެކު ކުންފުނިތަކުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ

ކުންފުނިތަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ކުންފުނިތަކުގެ ކަންބޮޑުވުންތަކަކީ ބަލައިގަނެވޭ ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ސިޓީ ކައުންސިލާ މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ އެކި ވުޒާރާތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކާއިވެސް ހަމަ ކައުންސިލް ތަކާއި ޖެހޭ މައްސަލަތަކުގައި އަޅުގަނޑުމެން އިންޓަވީން ކުރަން. ކޮށްފައި ހައްލަތައް ހޯދަން މަޝްވަރާ ކުރަން،" އަފްޝަން ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އަގު ނެގުމުގެ އުސޫލަށް ގެނައި ބަދަލާއެކު މީގެ ކުރިން އަގު ނުނަގާ ކަންކަމަށްވެސް އަގު ނަގަން ވަނީ ފަށާފަ އެވެ. އަދި ކުރިން އަގު ނަގަމުން އައި ކަންކަމުންވެސް އަގުތައް ވަނީ ބޮޑުކޮށްފަ އެވެ.

މާލޭގެ މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް އަގު ނެގުމުގެ އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ށަލިމާ

ރައްޔިތުން ފރ ކުންފުނިތަށް އެއްތާކުން، ބޮޑާހާކަނީ ދޯ. ތަހުޒީބް ޤައުމުތަކުގައިވެސް ފީނަގައި. އަދި އެލްޖީއޭއާއި ބެހޭ ވެސް ކަމެއް ނޫން ތީކީ.

މިސްރާބު

ބަލަ ވޯޓް ކަރުދާސްތައް އަންދާލި ސަރީފު ވަގުތުނެތް ފޮށިތަންމަތިބަދޭ މިހާރުވެސް ހަމަތިޔަކުރަނީ ފައިސާ ފައިއާހެދިހޭކެޑިފައި؟

އަފުރޫޒާ

ތިޔަ މުއިއްޒު ވީ ބޭރުކޮއްލަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345