ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 8:45 ގައި ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެނައި 83 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 94 ވަނަ މީހާ އެވެ. ކޮވިޑް ޖެހިގެން އިއްޔެ ފަސް މީހަކު މަރުވިއިރު މިއީ މިއަދުގެ ދެވަނަ މަރެވެ.

ކުރިން ނަގާފައިވާ ބައެއް ސާމްޕަލްތަކާއެކު މިދިޔަ 24 ގަޑިއިރު ތެރޭ 1467 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ 5،037 ސާމްޕަލްގެ ތެރެއިންނެވެ.

އިއްޔެ ޕޮޒިޓިވް މީހުންނާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،003 އަށް އަރާފަ އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 290 އަށް އަރާފަ އެވެ. މިއީ އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދުވަހެވެ.