ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ބޮޑުވަޒީރުކަމެއް ބޭނުމެއް ނޫން: ސޯނޫ ސޫދު

ކޮވިޑް-19ގެ ވަބާގައި އިންޑިޔާގެ މީހުންނަށް ކުރިމަތިވަމުންދިޔަ ދަތި އުނދަގޫތަކުގައި އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ މީހަކީ އެކްޓަރު ސޯނޫ ސޫދެވެ. މިހާރުވެސް ރެއާ ދުވާލު ހޭބޯނާރާ ސޯނޫ ކުރަމުންދާ މަސައްކަތަކީ އޭނާގެ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވުމެވެ.

އޮކްސިޖަން ބޭނުންވެފައިވާ މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން އެނދެއް ނުލިބިގެން އުޅޭ މީހުންނަށް އެނދު ހޯދައިދިނުމާއި ޕެންޑެމިކްގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ވަޒީފާ ހޯދާ ދިނުން ފަދަ ވަރަށް ގިނަ ކަންތައްތައް ސޯނޫ ދަނީ ކޮށްދެމުންނެވެ.

އެއްވެސް އަމިއްލަ އެދުމެއް ނެތި ސޯނޫ ކުރަމުންދާ އިންސާނީ ޚިދުމަތް ހުރިހާ މީހުން ވެސް ބަލައިގަނެ އެވެ. އަދި އެންމެން ވެސް އޭނާއަށް ތައުރީފުކުރެ އެވެ. ނަމަވެސް ބަތަލާ ރާކީ ސާވަންތު ސޯނޫގެ ކިބައިން އެދެނީ މުޅިން ތަފާތު ކަމަކަށެވެ. އޭނާގެ ޚިދުމަތަށް ތައުރީފުކުރަމުން ރާކީ ސޯނޫގެ ކިބައިން އެދެނީ އިންޑިއާގެ ބޮޑުވަޒީރުކަމަށް ކުރިމަތިލާށެވެ.

ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަންތައްތައް ސޯނޫ ކޮށްދިނަސް ރާކީ ބޭނުންވީ ކަންތަކެއް އޭނާއަކަށް ނުކޮށްދެވުނެވެ. ރާކީގެ މި އެދުމަށް ޖަވާބު ދެމުން ސޯނޫ ބުނީ އާއްމު އިންސާނެއްގެ ގޮތުގައި ހުންނަން އޭނާއަށް މާ ރަނގަޅު ކަމަށާއި ބޮޑުވަޒީރުކަން ބޭނުން ނޫން ކަމަށެވެ.

ރާކީ މިހެން ބުނި ވާހަކަ ސޯނޫ އާ ޝެއާ ކުރީ އޭނާ ދިރިއުޅޭ ގޭދޮށަށް އެއްވެ ތިބި ޕަޕަރާޒީންގެ ތެރެއިން މީހެކެވެ. ސޯނޫ ބުނީ އޭނާ ބޭނުމީ އާދައިގެ އިންސާނަކަށް ވާން ކަމަށެވެ.

ސޯނޫގެ ފޭނުން މިހާރު އިންތިހާއަށް ގިނައިރު ސިޔާސީ މައިދާނަށް ވަންނަންވީ ނޫންތޯ އެހެން ނޫސްވެރިއަކު އޭނާ އާ ސުވާލު ކުރި އެވެ.

"އަހަރެންގެ އަޚުން އެބަ އުޅެއެއްނު އިންތިޚާބުތަކުގައި ވާދަކުރަން. އަހަރެން ކީއްކުރާނީ އިންތިޚާބުގައި ވާދަކޮށްގެން. އެއީ އަހަރެންގެ މަސައްކަތެއް ނޫން،" ހިނިތުން ވެފައި ސޯނޫ ބުންޏެވެ.