ދުނިޔެ

ރޮކެޓް އޮހޭވަރުން އިޒްރޭލުން ގޮނޑުދޮށްތައް ބަންދުކޮށްފި

މެދުތެރޭ އިޒްރޭލުގެ ގޮނޑުދޮށްތައް އާންމުންނަށް ބަންދުކޮށްފި އެވެ. މިއީ ގާޒާއިން ފޮނުވާ ރޮކެޓްތައް އިޒްރޭލުގެ އެކި ދިމަދިމާއަށް އޮހެމުން ދާތީ ރައްޔިތުންގެ ސަލާމަތަށް އިޒްރޭލު ސަރުކާރުން އެޅި ފިޔަވަޅެކެވެ.

އިޒްރޭލު އާންމުން ގޮނޑުދޮށްތަކަށާއި ބީޗްތަކަށް ޗުއްޓީއަށް ނުދިއުމަށް ލޯކަލް އިދާރާތަކުން ވަނީ އަންގާފަ އެވެ. އިޒްރޭލު ނޫސްތަކުން ބުނާ ގޮތުން ގާޒާއިން އަންނަ ރޮކެޓްތައް އާންމުގެ ކާރުތަކަށާއި މަގުތަކަށް ދަނީ އޮހެމުންނެވެ.

އިޒްރޭލުން އާންމުންގެ ސަލާމަތަށް މި އަމުރު ނެރުނީ ގާޒާއިން ފޮނުވާ މިސައިލްތަކަށް ހުއްޓުމެއް އައިސްފައި ނުވާތީ އެވެ. އިޒްރޭލުން ގާޒާއަށް ދެމުންގެން ދާ ގަދަފަދަ ހަމަލާތަކުން ވެސް ގާޒާގެ ރޮކެޓްތަކަށް ބަދަލެއް އައިސްފައި ނުވާތީ އެވެ.

ފަލަސްތީންގެ އާންމުގެ ތެރެއަށް އިޒްރޭލުގެ ބުއްދިފިލާފައި ތިބި ފުލުހުން ވަދެ ފެށި މިހަމަނުޖެހުންތައް ރޮކެޓް ހަމަލާތަކަށް ބަދަލުވެފައި ވާއިރު އިޒްރޭލަށް ލިބޭ ގެެއްލުން ވެސް ވަކި މަދެއް ނޫނެވެ. މިހާތަށް އިޒްރޭލުގެ 10 މީހުން ވަނީ މަރުވެފަ އެވެ. ރަނގަޅަށް ހިސާބު ޖަހައިފި ނަމަ މި އައަދު އަދި އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުގައި އަންދާޒާ ކުރަން ވެސް ނޭނގޭ ވަރަށް ގެއްލުން ވަނީ ލިބިފަ އެވެ. ޣައްޒާއިން މަރުވެފައިވާ މީހުން 139 ފަހަނައަޅާފައި ވާއިރު 39 ކުދިންނާއި 22 އަންހެނުން ހިމެނެ އެވެ. އަދި އެކިވަރުގެ ގެއްލުން 1000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފަ އެވެ. މިއީ ހަމައެކަނި ގާޒާގެ އަދަދުތައް ހުރި ނިސްބަތެވެ.