ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގޭގެއަށް ގޮސް ސާމްޕަލް ނަގައިދޭނެ ކެޓަގަރީތަކެއް ކަނޑައަޅައިފި

ގޭގެއަށް ގޮސް ކޮވިޑް-19 ސާމްޕަލް ނަގައިދޭނެ ކެޓަގަރީތައް ކަނޑައަޅައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ސާމްޕަލް ނަގަން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެވަރަށް އިންސާނީ ވަސީލަތް ނެތް ކަމަށް ވިދާޅުވި އެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްވާ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރެ އެވެ. މި ދުވަސްވަރު ޕޮޒިޓިވްވާ މީހުންްގެ އަދަދު ހުރީ 1،000 މަތީގަ އެވެ.

މަބުރޫކް ވިދާޅުވީ މިވަގުތު ސާމްޕަލް ނަގައިދޭން ގޭގެއަށް ދާނީ ވަކި ކެޓަގަރީތަކެއްގެ މީހުން ސާމްޕަލް ނަގަން ކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނަގަައިދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން އަދި އަހަރު ނުފުރޭ ކުދިންގެ ސާމްޕަލް ނަގަން ޖެހޭ ހާލަތުގަ އެވެ.

ރާއްޖޭގައި ކޮވިޑްބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ.

މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއަދު ތިން މީހަކު ކޮވިޑްގައި މަރުވެފައިވާއިރު މިއީ 97 ވަނަ ކޮވިޑް މަރެވެ.