ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ރާއްޖޭގެ ކޮވިޑް މަރު 98 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ މިރޭ 10:44 ގައި މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. މިއީ މިއަދުގެ ހަތަރުވަނަ ކޮވިޑް މަރެވެ. އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައެވެ.

މިއަދު 3:10 ވެސް މީހަކު މަރުވިއެވެ. އަދި ރޭ ދަންވަރު 2:38 ހާއިރު އުމުރުން 81 އަހަރުގެ ފިރިހެނެއްވެސް މަރުވިއެވެ. މީގެ އިތުރުން ފަތިހު 4:30 އެހާކަންހާއިރު އުމުރުން 30 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ. އެ ތިން މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހުންނެވެ. އުމުރުން 30 އަހަރުގެ މީހާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ.

މިއަދުގެ މަރުތަކާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 98 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 25 މަރެވެ. މި އަހަރުގެ 47 ވަނަ މަރެވެ.