ދުނިޔެ

ފްރާންސަށް ކަމުދަނީ އިޒްރޭލުގެ ޖަރީމާތައް

ފްރާންސްގެ ރައިސް އިމަނުއެލް މެކްރޮން އިޒްރޭލަން ހިފެއްޓުމެއް ނެތި ސަޕޯޓް ކުރައްވާ ކަމަށް ވިދާޅު ވެއްޖެ އެވެ. އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނު ކުރައްވައި އިޒްރޭލާއެކު ސާބިތުވެ ހުންނެވި ކަމަށް ވަނީ ވިދާޅުވެފަ އެވެ. މެކްރޯނަށް އިޒްރޭލްގެ ހައްދުފަހަނަ އަޅާފައިވާ ލާއިންސާނީ އަމަލުތައް ފެވަޑައެއް ނުގަންނަވަނެ އެވެ.

އިޒްރޭލަށް ހަމާސްއިން ދޭ ރޮކެޓް ހަމަލާތައް ކުށްވެރި ކުރައްވައި މެކްރޮން ވިދާޅުވީ ފްރާންސް އޮތީ އިޒްރޭލާއެކު ކަމަށާއި އިޒްރޭލުގެ ސަލާމަތާ ރައްކާތެރި ކަމަށް އެހީތެރި ވެދެއްވާނެ ކަމަށެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއަށް ގުޅުއްވައި މެކްރޮން ވިދާޅުވީ އާންމުންނަށް ހަމަލާތައް އަމާޒު ވުމަކީ ކަންބޮޑުވުމެއް ކަމަށާއި މަޝްރަހު ފިނި ކޮށްގެން މެނުވީ ހަމަޖެހުމެއް ނެތް ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާއަށް ދޭ މިސައިލް ހަމަލާތައް ކުށްވެރި ކުރައްވައި މެކްރޮން އެކައްޗެކޭ ވެސް އައްބާސް ގާތު ވިދާޅެއް ނުވެ އެވެ.

މެކްރޮން ޒައާމަތުން ގެންގުޅުއްވަނީ ފަލަސްތީނާ ބީރައްޓެހި ސިޔާސަތެކެވެ. އިޒްރޭލުގެ އަނިޔާވެރި ކަމުން ފަލަސްތީންގެ ބިންތައް މިނިވަން ކުރުމަކީ ފްރާންސްއަށް މުހިންމު ކަމެއް ނޫނެވެ. ޕެރިހުގެ އެއްވެސް ތަނެއްގައި ފަލަސްތީނަށް ސަޕޯޓްކޮށް އެއްވެސް ހަރަކާތެއް ހިންގުން ވަނީ އިންޓީރިއާ މިނިސްޓްރީން މަނާ ކޮށްފަ އެވެ.

ފްރާންސްއަކީ މުސްލިމުންނަށް އަނިޔާވެރިކަން ބޮޑު ގައުމެކެވެ. އެއްއިރެއްގައި ވެސް ފަލަސްތީނަށް ސަޕޯޓެއް ނުކުރެ އެވެ. އިޒްރޭލާ ބައިވެރިވެ ފަލަސްތީން މުސްލިމުންނަށް ކުރާ ޖެއްސުމަށް ތަރުހީބު ދިނުމާއި މުސްލިމުން ރުޅިއެރުވުމަކީ ފްރާންސް ލޯބިކުރާ ސިޔާސަތެކެވެ.