ދިރާގު

ދަތި ވަގުތު ދިރާގުން ގެނެސް ދިނީ ފަސޭހަ

May 17, 2021

ދުނިޔޭގެ ޓެލެކޮމް ދުވަސް މިއަދު ފާހަގަ ކުރާއިރު، މި ދާއިރާ އަށް އެންމެ "ބާރުބޮޑު" ދުވަސް ވަރެއް ތާރީހުގައި މި ނޫނީ ނެތެވެ. ކޮވިޑް-19 ގެ ބަލި ދުނިޔެ އިން ފެނި ދުނިޔޭގެ ބޮޑުބައެއް އަދި ވެސް ތިބީ "ގޭބަންދު" ގަ އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ މިގޮތުގަ އެވެ. މަސައްކަތް ކުރަން ޖެހިފައިވަނީ ގޭގައި ތިބެގެން "ވޯކް ފްރޮމް ހޯމް" ގަ އެވެ. އެހެންވެ މިހާލަތުގައި އެންމެ މުހިންމު ވަސީލަތަކަށް ވެގެން ދިޔައީ އިންޓަނެޓެވެ. އެއާ ނުލައި ނޫޅެވޭ އެއްޗަކަށްވީ އިންޓަނެޓެވެ. ހަމައެހެންމެ މި ހާލަތުގައި އެންމެ ބޮޑު ލުޔެއް ހޯދައިދިން ކުންފުންޏަކަށް ދިރާގު ވާނެ އެވެ.

މިދިޔަ އަހަރު މުޅި ރާއްޖެ ފުރަބަންދައްގޮސް ޑިޖިޓަލް ވަސީލަތް ތަކަށް ބަރޯސާވާން ޖެހި ދިރިއުޅުން ބަދަލުކޮށްލަން ފަސޭހަވެގެން ދިޔައީ ދިރާގުން ރާއްޖޭގެ މުއާސަލަތީ ހިދުމަތުގެ ބިންގާ އަޅާ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ ތަޞައްވަރު ކާބިޔަބު ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ލިބިދީ މުޅި ޤައުމު ގުޅުވާލަ ދިނުމަށް ކުރެވިފައި ހުރި ބޮޑެތި އިންވެޓްމަންޓްތަކުގެ ސަބަބުން ކަން އަޅުގަނޑުމެން ހަނދައިން ކޮށްލަންޖެހެއެވެ. މީގެ ހެއްކަކީ، ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ފައިބަރ ބޮރޯޑްބޭންޑުގެ ޙިދުމަތްދެވި ރާއްގޭގެ ހުރިހާ ހިސާބަކަށް ދިރާގުގެ މޮބައިލް ކަވަރޭޖް ލިބިގެން ދާކަމެވެ. އަދި އެ ކުންފުނިން ދޭ ޓީވީގެ ހިދުމަތް އާބާދީގެ 77 ޕަސެންޓަށް ފޯރުވުމެވެ.

މިދުވަސްވަރު ވެގެން ގޮސްފައިވަނީ ގޭގައި ތިބެގެން އިންޓަނެޓް ބެނުންކުރާ މިންވަރު އިތުރުވެ ވިޔަފާރި ތަކަށް ގިނަ ދަތި ތަކެއް ކުރިމަތިވެފައިވައި ދަނޑިވަޅަކައިއެވެ. އެހެންކަމުން ދިރާގު ފިކްސް ބްރޯޑްބޭންޑް އަދި ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖު ތަކަށްވަނީ އިތުރު ހަލުވި ކަމެއް ގެނެސްދީފަ އެވެ. މިކަންވީ ގޭގައި ތިބެ މަސައްކަތްކޮށް، ކިޔާވާ، މުނިފޫހިފިލުވުމަށައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ލުޔަކަށެވެ.

ދިރާގުން ހިދުމަތްތަކަށް ގެނައި ބަދަލާއެކު ހަމައެކަނި ފަސޭހަ ވެގެން ދިޔައީ ވިޔަފާރި ތަކަށް އެކަންޏެއް ވެސް ނޫނެވެ. ދިރާގުން ވަނީ މިހާލަތުގައި އެންމެ ގިނަ ކަސްޓަމަރުން ބޭނުން ކުރާ ޕްރިޕެއިޑަށް ހާއްސަކޮށް ކޮމްބޯ ޕްލޭން ތަކެއް ތައާރަފުކޮށްފަ އެވެ. މި ޕްލޭންތައްވީ މިހާލަތުގައި ހަމަނޭވާލާން ގިނަ ބަޔަކަށް ލިބުނު ފަހި ފުރުސަތަކަށެވެ. ހިލޭ ޕާރކްސް އާއި ޑާޓާ ހިމެނޭ މި ޕްލޭންތަކުގައި ސޯޝަލް މީޑިއާ ބޭނުން ކުރަން ހާއްސަ ލުއި ތަކެއް ހިމަނާފައިވެ އެވެ.

ކޮންމެ މީހަކީވެސް އަމިއްލަ ގޮތްތަކެއް ހުންނަ މީހެކެވެ. ދިރާގަށް ކަސްޓަމަރުންގެ މި އިހުސާސް އަވަހަށް "ގެޓުވި" އެވެ. އެހެންވެ މި ހާލަތުގައި ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕްރިޕެއިޑް ޕްލޭންތައް ފަރުމާ ކޮށްލުމުގެ އިހުތިޔާރު ކަސްޓަމަރުންގެ އަތް މައްޗަށް ދޫކޮށްލި އެވެ. މި ހިދުމަތް ދިނުމުގެ ގޮތުން "ދިރާގު އަމިއްލަ ޕޯސްޓް ޕެއިޑް" ތައާރަފު ކުރި އެވެ. މި ޕެކޭޖުތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެ މީހުންގެ ބޭނުން ތަކަށް އެކަށީގެންވާ ޑާޓާ ޕެކޭޖެއް އަމިއްލަ އަށް ފަރުމާކޮށްލައި ޖީބަށް ލުއި ފަސޭހަކޮށްލުމުގެ އިހުތިޔާރު ލިބިގެން ދިޔަ އެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބަކީ ޓޫރިޒަމެވެ. އެހެންވެ ހުރިހާ ހިދުމަތް ތަކެއް ވެސް ބައްޓަން ކުރުމުގައި ވިސްނުމުގެ އެއް ފަރާތުން ބޮޑުޖާގައެއް މި ދާއިރާ އަށް ދޭން ޖެހެ އެވެ. މިހާލަތުގައި ދިރާގުން ވަނީ މިކަން ވެސް ކޮށްފަ އެވެ. ގަން ހިދުމަތްތަކެއް ފަރުމާކޮށްފައިވަނީ މިއަދުގެ ހާލަތައި އެންމެ އެކަށޭނަގޮތަށެވެ.

ކޮވިޑް-19 ގެ ބަލި ފެތުރުން ހުއްޓުވަން ސްކޫލްތައް ބަންދު ކުރި އެވެ. ދަރިވަރުންނާއި ޓީޗަރުން ވެސް ސްކޫލް ހިންގަން ޖެހުނީ ގޭގައި ތިބެގެންނެވެ. އެހެންވެ ދިރާގު ޓީވީގައި "އެޑިއުކޭޝަން ޒޯން" ހިމެނި އެވެ. މި ހިދުމަތުގެ ސަބަބުން ޓީވީ މެދުވެރިކޮށް ގިނަ ދަރިވަރުންނަށް ލުއި ފަސޭހަކަން ގެނެސްދިނެވެ. ފިލާވަޅުތައް ފަހުން ބަލައިލަން ފަސޭހަވި އެވެ.

ގިނަ ދުވަހު ގޭގައި ތިބެން ޖެހުމަކީ ފޫހިވާނެ ކަމެކެވެ. ދިރާގުން މުނިފޫނި ފިލުވައި ދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކުރި އެވެ. އެހެންވެ މޮބައިލް ޑިވައިސް ތަކުން ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭ ގޮތަށް "ދިރާގު ޕްލޭ" ތައާރަފުކުރި އެވެ. މި އެޕްލިކޭޝަން އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އަދި މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވެ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ ރޯދަ މަހު ވެސް މިފަދަ ފަސޭހަކޮށްދޭ ހިދުމަތްތައް ގެނެސްދީފަ އެވެ.

ދިރާގުން ގެނެސް ދިން "ނައު އެމްވީ އެޕް" ވެގެން ދިޔައީ ނިމިދިޔަ ރޯދަ މަހު ހާއްސަ ހިދުމަތަކަށެވެ. ނައު އެޕް މެދުވެރިކޮށް ކީރިތި ގުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވުނެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ފެންނަން ހުއްޓެވެ. އެ ދުވަހަކު ދަރުސް ބާއްވާ މިސްކިތާއި ދަރުސްދެއްވާ ބޭފުޅުންގެ ނަން ފެނެ އެވެ. ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައް ވެސް ހުރެ އެވެ.

ދިރާގަކީ އަބަދު ވެސް ޒުވާނުންގެ ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ކުންފުންޏެކެވެ. ދިރާގު އެޕްރެންޓިޝް ޕްރޮގްރާމަކީ މީގެ ހެއްކެކެވެ. އެކަމަކު މި ފަހަރު މި ޕްރޮގްރާމުގެ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ފަންނީ ދާއިރާތަކުން ޒުވާނުންނަށް ފުރުސަތުދޭން ކުރި މަސައްކަތެކެވެ. ދިރާގުން ވަނީ ގދ. ތިނަދޫގައި އަންހެން ކުދިންނަށް ހާއްސަކޮށް "ގާލް ޓު ކޯޑް" ގެ ނަމުގައި ކޯޑު ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގި އެވެ. އަދިހަމަ ސްޕާކްހަބްއާ ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް ކަމަށްވާ "ލީން ސްޓާޓްއަޕް ވާކްޝޮޕް" ވެސް ގެނެސްދިނީ ދިރާގެވެ.-- މި ސަބަބުތަކަށް ޓަކައި ދިރާގުވީ ޓެލެކޮމް ދުވަސް މިއަދު ފާހަގަ ކުރާއިރު މި ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކޮށްދީފައިވާ މުހިންމު ބައިވެރިރަކަށެވެ.