ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 70 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ އުމުރުން 70 އަހަރުގެ އެ މީހާ މަަރުވީ މިރޭ އިރޮއޮއްސި ހައެއް ޖެހިއިރު ކަމަށެވެ. އެއީ ދިވެހި އަންހެނެކެވެ.

އެ މީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. މިއީ ރާއްޖޭގެ 101 ވަނަ ކޮވިޑް މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް 29، 2020 ގައެވެ. އެއީ މ. ބަހީޖުޕެލަަސް، އާމިނަތު އާދަމް (83އ) އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.