ހައުސިން މިނިސްޓްރީ

ނާލު ބޯޓްތަކުގެ މުދާ ބަހައްޓާނެ ވަސީލަތް ގާއިމްކޮށް، ތެޔޮ އުޅަނދުތައް ވިލިމާލެއަށް

  • ތެޔޮ ލޮރީތަކުން ތެޔޮ އަޅަން ވަކި ސަރަހައްދެއް
  • ނާލު ބޯޓު ފަަހަރު ބަނދަރަށް ވަންނާނީ މުދާ އަރުވަން އެކަނި
  • ތެޔޮ އުޅަނދު ފަހަރަށް ވިލިމާލެ ފަޅުގައި ފައްތިޔަ ހަދާނެ

މާލެއަށް ތެޔޮ އަރުވާ ބާލާ އުޅަނދު ފަހަރު ވިލިމާލެ ފަޅަށް ބަދަލުކޮށް، މާލޭ ފަޅުގައި ބާއްވައިގެން މުދާ އަރުވާ ބާލާ، ނާލު ބޯޓު (އައްޑޫ ބޯޓު) ފަހަރަށް މުދާ ރައްކާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މާލެ ފަޅުތެރޭގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

"އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި މި ގެނައީ އެއް ނަމްބަރު ފާލަން ސަރަހައްދުގައި ހުރި އުޅަނދު ފަހަރު ނަގައި އެހެން ތަންތަނުން ޖާގަ ދިނުން. އެތަނުގައި ހުރި އުޅަނދު ވަނީ މާރުކޭޓުގެ ހުޅަނދު ފަރާތައް ބަދަލު ކޮށްފަ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލުގެ ތެރޭގައި މާލެއަށް ތެޔޮ ގެންނަ އުޅަނދު ފަހަރު ވިލިނގިލީ ބަންދަރަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހެން ހެދުމުން އެ އުޅަނދު ފަހަރު މާލެ ބަނދަރަށް ވަންނާނީ ހަމައެކަނި ތެޔޮ އަރުވާ ބާލަން އެކަނި ކަމަށެވެ.

ޝަރީފު ވިދާޅުވީ މީގެ އިތުރުން މާލޭގެ ފަޅު ބޭނުން ކުރުމަށް ގެންނަ ބަދަލުގެ ތެރެއިން މަސް މާރުކޭޓު ސަރަހައްދު ބޭނުންކުރާ 60 އަކަށް މަސް ދޯންޏަކަށް ޖާގަ ހެދުމަށް އައްޑޫ ބޯޓު ފަހަރަށް ހާއްސަ ގޮތް ތަކެއް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިހާރު އައްޑޫ ބޯޓު ފަހަރު ވަރަށް ގިނައިރު ބަނދަރުގައި މުދާ ހޯދުމަށް އޮވޭ. އެގޮތައް އޮންނަނީ މުދާ ހޯދުމަށް. އެހެންވެ އެކަމަށް ހައްލު ހޯދުމަށް ވެސް ކަރުދާހެއް އަޅުގަނޑުމެން ކަރުދާހެއް އެބަ ގެންގުޅެން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މިގޮތުން އައްޑޫ ބޮޑެތި ބޯޓު ފަހަރަށް ގާއިމް ކުރާ ހާއްސަ އުސޫލުގެ ދަށުން ބޯޓު ފަހަރު މާލެ ބަނދަރަށް ވަންނާނީ ހަމައެކަނި މުދާ އެރުވުމަށް ކަމަށެވެ. އެގޮތުން މީރުބަހުރު ބަނދަރު (ނޯތު ހާބަރު) އާއި ޓީ-ޖެޓީ ސަރަހައްދުގައި ހާއްސަ ފެސިލިޓީތަކެއް ގާއިމްކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ބޯޓު ފަހަރުގެ ބޭފުޅުންނާވެސް މިކަމާ މަޝްވަރާކޮށްފިން. އެކަމަށް އެ ބޭފުޅުން ވެސް ބޭނުން ވޭ. މިހެން ހަމަޖެއްސުމުން ބޯޓު ފަހަރު ހަމައެކަނި ބޭނުން ކުރާނީ ލޯޑިން އަން ލޯޑިންއަށް އެކަނި. މިހެން ހެދުމުން މުދަލުގެ ރައްކާތެރިކަން ބޮޑުވޭ. މިހެން ހެދުމުން މަސް ދޯނި ފަހަރަށް ބަނދަރުން ޖާގަ ލިބޭނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލުގެ ދަށުން އޮއިލް ބައުޒަރު (ތެޔޮ ލޮރީ) ތަކަށްވެސް ހާއްސަ ވަސީލަތްތަކެއް ގާއިމްކުރާނެ ކަމަށެވެ.

"މި ބަދަލު ގެނައުމުން ވަކި ސަރަހައްދަކުން ތެޔޮ އަޅަން ހަމަޖެހޭނީ،" ޝަރީފު ވިދާޅުވި އެވެ.