ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މަރެއް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވެފައި ވަނީ ރޭ 11:14 ހާއިރު އެވެ. އެއީ 79 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެ އަދަދާ އެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 103 އަށް އަރާފަ އެވެ. މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ފަސްވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ.