ރައްޔިތުންގެ މަޖިލިސް

އަވަހާރަވި ކުރީގެ މަޖިލިސް މެމްބަރު ޒާހިރުގެ ހަނދާނުގައި ސުކޫތެއް

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް: މިރޭ ވަނީ އަވަހާރަވެފައި --
0%
0%
0%

އަވަަހާރަވި މަޖިލީހުގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)ގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން ވަނީ ޒާހިރު ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި ޒާހިރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޒާހިރު އަދާމް ރޭ އަވާހާރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބްރައީސް އަދި ހުރިހާ މެންބަރުންގެ ނަމުގައި އެމަނިކުފާނުގެ އާއިލާއަށް މަޖިލީހުން ވަނީ ތައުޒިޔާ ވެސް ކިޔާފަ އެވެ.

ޒާހިރު އަވަހާރަވެފައިވަނީ ކޮވިޑް-19ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

ގައްދޫ ދާއިރާގެ މެންބަރު މިހާރުގެ މެންބަރު އަހްމަދު ޒާހިރަކީ، ގައްދޫ ޒާހިރުގެ ބޭފުޅެކެވެ. ޒާހިރަކީ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވުނު ވިޔަފާރިވެރިއެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345