ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާއެއް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އަމީންއާންމުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ މައްސަލަަތައް އަވަހަށް ތަހުގީު ކުރުމަށްވެސް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުުރުން މިފަހަކަށް އައިސް ވަކިވަކި ފަރުދުންނާ މެދު ނަފުތަރު އުފައްދާ ވަކި ބައެއްގެ ލޭ ހުއްދަކުުރުމަށް ގޮވާލާތީ އެކަން ހުއްޓުވުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ދަނީ ބަހުސްވެސް ކުރަމުންނެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުން މެރުމާއި ގެއްލުން ދިނުމަށް އިންޒާރުދީ ހެދުމަކީ ބޮޑު ކުށެކެވެ.