ދުނިޔެ

އިޒްރޭލުގެ އަނިޔާވެރިކަމަށް ދޭނެ ރައްދެން އެކުދިން ނުދަނޭ!

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަލާލާތަކުން ހިމާޔާތް ވާނެ ގޮތެއް އެކުދިން ނުދަނެ އެވެ؛ އެކުދިން ވަށާލައިގެން ވަނީ މައުސޫމް ކަމެމެވެ. ކުށެއް ނެތް ކަމެވެ. ފަލަސްތީންގެ އަވަށްތަކުގައި އަނދާ ދަރުދެއްޔަށް ވެފައިވާ އިމާރާތްތަކުގެ ތެރެއިން މުލައްދަނޑި މަތީގައި އުރާލައިގެން ނެރެ މިހާތަނަށް 64 ކުދިން ވަނީ ކަފުން ކޮށްފަ އެވެ.

ޔަހޫދީ އިޒްރޭލާ ފަލަސްތީނާ ދެމެދު އޮތީ ނަފުރަތެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި ހަލްގު ކުރެއްވި އެންމެ މާތް ބަޔަކީ އެމީހުންނެެވެ. ފަލަސްތީނާ މުސްލިމުންނަކީ ނަޖިހެވެ. ދުނިޔޭގައި ހުރިހާ އާރަކާއި ބާރެއް ލިބެން ޖެހޭނީ އެމީހުންނަށެވެ.

އިޒްރޭލުގެ އަސްކަރީ ބާރުތަކުން މުޅި ގާޒާ އަންދާ ހުލި ކުރަމުން ގެންދާއިރު ޔަހޫދީން ނުދަންނަ ކަމަކީ މިއަދު ކިރުބޯދަތް ފެޅި ކުދިންނަށް ހަފައި ނުގަނެވޭނެ ކަމެވެ. އެކުދިންގެ މައިންބަފައިންނަށް ލިބިފައިވާހާ ބާރެއް ޔަހޫދިން ނިގުޅައިގެންފައި ވާއިރު އެކުދިންގެ ލާހަތު އަދި ވަކިން ނާޒުކުވާނެ ކަމެވެ.

ފަލަސްތީނުގެ މަސްރަހު މިހާލަތަށް ވެއްޓެން މެދުވެރިވީ ވެސް އިޒްރޭލު ޔަހޫދީންގެ ސަބަބުންނެވެ. މަސްޖިދުލް އަގްސޯއަށް އިޒްރޭލުގެ ބޯ ގުޑާފައި ތިބި ފުލުހުން ވަދެގަނެ މުސްލިމުންނަށް ކުރި އަނިޔާ އާއި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން އާއިލާތައް ބޭރު ކުރަން ޔަހޫދިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެކަމަކު މަަޝްރަހު މިހާރު އެނބުރެމުން އެ ދަނީ މޭފުއްޕާފައި ތިބި ޔަހޫދީން ހީކުރި ގޮތަކަށް ނޫނެވެ. އެމީހުން ހީކޮށްގެން ތިބީ ގާޒާއަށް ހަމަލާދީ އެއް ޝޮޓުން ނިންމާލެވޭނެ ކަމަށެވެ.

ގާޒާއަށް ދެމުން ގެންދާ ހަމަލާތައް އިޒްރޭލުން ހުއްޓާލާނީ އެމީހުންނަށް ކާމިޔާބުވުމުންނެވެ. އެކަމަކު ކާމިޔާބު ވާނެ ދުވަހެއް ނޭނގެ އެވެ. ހަމަލާތައް ދިގުލައިގެންދާ ކޮންމެ ދުވަހަކު ކުށެއް ނެތް އެތައް ކުދިންނެއް ގެއްލިގެން ދާނެ އެވެ.

ފަލަަސްތީންގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުން ފާއިތުވި 20 އަހަރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 3،000 ވުރެ ގިނަ ކުދިން މަރުވެފައި ވެއެވެ.

ގާޒާއަށް މެއި 10 ގައި އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން މިސައިލް ހަމަލާދޭން ފެށި ފަހުން އާންމުގެ ތެރެއިން 213 މީހުން ވަނީ މަރުވެފަ އެވެ. އަދި އެކިވަރުގެ އަނިޔާ 1،442 މީހުންނަށް ލިބިފައިވާ ކަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުން މަރުވާ ކުޑަކުދިންނާއި އަންހެނުންގެ އަދަދު ކަންބޮޑުވާ ވަރަށް މިހާރު ވެސް ވަނީ އިތުރުވެފަ އެވެ.