ހަބަރު

ކޮކޯގެ "ލޯބިވިޔަސް" ދައްކަން ފަށަނީ

"ލޯބިވިއަސް" ގެ ޕޯސްޓަރެއް: އަންނަ މަހު ދައްކަން ފަށާނެ
100%
0%
0%

"ކޮކޯ ސްޓޫޑިއޯ" ގެ ފުރަތަމަ ޑްރާމާ ސީރީޒް "ލޯބިވިޔަސް" ބައިސްކޯފުގައި ދައްކަން ނިންމައިފި އެވެ.

"ލޯބިވިޔަސް" މިއީ އަށް އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. ކެމެރާމަން ކޮކޯ ހަސަންގެ އަމިއްލަ ސްޓޫޑިއޯ "ކޮކޯ ސްޓޫޑިއޯ" އިިން ގެނެސްދޭ މި ސީރީޒް އަންނަ މަހު ބައިސްކޯފުގައި ދައްކަން ވަނީ ނިންމާފަ އެވެ.

މި ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ އެކްޓަރު މުހައްމަދު ފައިސަލް އެވެ. ސީރީޒްގެ ވަރަށް މުހިންމު ރޯލަކުން ފައިސަލް ފެނިގެން ވެސް ދާނެ އެވެ.

ފައިސަލް ބުނި ގޮތުގައި ސީރީޒްގެ ޝޫޓިންގެ ހުރިހާ މަަސައްކަތެއް ނިމި މިހާރު ކުރަމުން ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. ސީރީޒްއާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ.

"ލޯބިވިޔަސް" މިއީ މަރިޔަމް މޫސާ ލިޔެފައިވާ ވާހަކައެެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. ކެމެރާކުރީ ކޮކޯ ހަސަން އެވެ. ފިލްމުގައި ފެނިގެން ދާނީ ފައިސަލްގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ނާޝިދާ މުހައްމަދު (ނާއްކޮ) އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި އަހުމަދު އީސަ (އާންނަދު) އަދި އަހުމަދު އާސިމެވެ.

މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން މުހައްމަދު ރިފްޝާން އާއި އައިމިނަތު ޝަމްރާ އާއި އައިޝަތު ޝިފާނާ އާއި މުހައްމަދު ރަޝާދު އާއި ފާތިމަތު ފައިނާ އާއި އަހުމަދު ޝާންގެ އިތުރުން އަލަށް ތައާރަފުވާ އަބްދުﷲ މާއިޒް އަހުމަދު ފެނިގެން ދާނެ އެވެ.

މި ސީރީޒް ޝޫޓް ކޮށްފައި ވަނީ ސިންކު ސައުންޑް ގައެވެ. ސީރީޒްގެ ތީމް ލަވަ ކިޔާދީފައި ވަނީ އަންދަލާ އާއި ސަމާހެވެ.

"ލޯބިވިޔަސް" ޑައިރެކްޓް ކޮށްފައިވާ ފައިސަލް ވަނީ ކާމިޔާބު ސީރީޒްތައް ކަމަށްވާ "އުމުރަށް ސަލާމް" އާއި "ހުވާ" ފަދަ ވެބް ސީރީޒްތައް ޑައިރެކްޓް ކޮށްފަ އެވެ. އަދި ބޮޑު މަގުބޫލަކެއް ލިބުނު "ރޫމީ އާއި ޖަންނަތު" ގެ އެސިސްޓެންޑް ޑައިރެކްޓަރަކީ ވެސް ފައިސަލެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަމްރާތު

"ކޮކޯ ސްޓޫޑިއޯ" ގެ ފުރަތަމަ ޑްރާމާ ސީރީޒް "ލޯބިވިޔަސް" ބައިސްކޯފުގައި ދައްކަން ނިންމައިފި އެވެ. ދެން ކޮބާ ކޮވިޑް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345