ދުނިޔެ

ޔުނިސެފަށް އިންސާނީ އެހީއާއެކު ޣައްޒާއަށް ނުވަދެވުނު

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް އިމާޖެސްނީ ފަންޑް (ޔުނިސެފް) ގެ ތަރުޖަމާން ޖޫލިއެޓް ޓޫމާ ވިދާޅުވާ ގޮތޮން އިންސާނީ އެހީއާއެކު ގާޒަށް ދަތުރުކުރި ލޮރީތަކަށް ބޯޑަރު ހުރަސް ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ވިދާޅުވީ ދަރުތު ފެއްޓީ ކަރީމް އަބޫ ސާލިމް ދޮރޯށިން ވަދެވޭނެ ކަމަށް މައުލޫމާތު ލިބުމުން ކަމަށާއި އެހިސާބަށް ދެވުނުއިރު އިޒްރޭލުން ބޯޑަރު ބަންދު ކޮށްފި ކަމަށެވެ.

އިޒްރޭލުން ބޯޑަރު ހުޅުވައި ދިނީ ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭ ޖަމާއަތްތަކަށް ވަކި އަދަދަކަށެވެ. އެހެން ނަމަވެސް ބުނި އަދަދު ހަމަ ނުވެގެން އުޅެނިކޮށް އިޒްރޭލުން ބޯޑަރު ބަންދުކުރީ އެވެ. ސަބަބެއް ކަމަށް އިޒްރޭލުން ބުނީ ބޯޑަރު ބަންދުކުރީ އެ ސަރަހައްދު ބަލަހައްޓާ ސިފައިންނަށް ހަމަލާ ދޭން އުޅޭ ކަމަށް މައުލޫމާތު ލިބުމާ ގުޅިން ކަމަށެވެ.

ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމުގައި އުޅޭ އޮފިޝަލުން ވިދާޅުވާ ގޮތުން އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ގާޒާ ވަނީ އަހަރުތަކެއް ފަހަތަށް ޖައްސާފަ އެވެ. އާންމުންގެ ތެރޭގައި އަލުންބަލުން ދިރިއުޅުން ފަށައިގަނެވޭ ވަރު ވެސް ނެތް އެތައް ބައެކެވެ. ދިރިއުޅުމަށް ކުރިހާ މަސައްކަތެއް ގެއްލި މާޔޫސްވެފައި ކިތަންމެ ބައެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އެއްގަމާއި ކަނޑުން އަދި ވައިން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 217 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. އޭގެ ތެރޭގައި ތެރޭގައި 63 ކުދިންނާއި 36 އަންހެނުން ހިމެނެ އެވެ.