ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި މިއަދު ފަސްވަނަ މީހަކު މަރުވެއްޖެ

May 19, 2021

ކޮވިޑް ބަލީގައި މިއަދު މާލެ ސަރަހައްދުން ތިން ވަނަ މީހަކު މަރުވެއްޖެ އެވެ

އެޗްޕީއޭ އިން ބުނީ މިއަދު މާލެއިން މަރުވި ފުރަތަމަ މީހަކީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:25 ގައެވެ.

މާލެ ސަރަހައްދުން މަރުވި ދެވަނަ މީހާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ މީހެކެވެ.
މާލެ ސަރަހައްދުން މަރުވި ތިން ވަނަ މީހާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު ހެނދުނު 8:30 ގައި މަރުވި އަންހެން މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 110 އަށް އިތުރުވެފަ އެވެ.

ކޮވިޑް ބަލީގައި މިއަދު ހެނދުނު ވަނީ ލ. އަތޮޅުން ވެސް ދެ މީހުން މަރުވެފަ އެވެ. އެހެންވެ މިއަދުގެ މިހާތަނަށް ކޮވިޑް ބަލީގައި މިވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ މީހުން މަރުވާ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ފަރުދީ ޒިންމާ އަދާ ކުރުމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކޮވިޑް ފެތުރެމުންދާތީ ރާއްޖޭގެ 50 އަކަށް ރަށް ވެސް މިހާރު ވަނީ މޮނިޓަރިން އަށް ގެންގޮސްފަ އެވެ.