ދުނިޔެ

ގާޒާއަށްދޭ ހަމަލާތައް ހުއްޓާލަން އިޒްރޭލުން ބޭނުމެއްނުވޭ

އިޒްރޭލުގެ ދިފާއީ ބާރުތަކުން ގާޒާއަށްދޭ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދަން އެދި ސިޔާސީ ލީޑަރުންން ދަންނަވައިފި އެވެ. އިޒްރޭލުގެ ރޭޑިއޯއިން ބުނީ ފަލަސްތީނުގެ ހަމާސް ބަލި ކުރެވެން ދެން ހަމަލާތައް ކުރިއަށް ގެންދަން އަސްކަރީ ފައުޖުތަކުން އެދޭ ކަމަށެވެ.

ދިފާއީ ވަޒީރު ބެނީ ގަންޒްއާ ހަވާލާދީ އިޒްރޭލުގެ ރޭޑިއޯއިން ބުނީ ހަމަނުޖެހުން އުފެދިފައި ވަނީ އެދިއެދި ތިއްބައި ކަމަށާއި ގާޒާ ސާފު ކުރެވެން ދެން ހަމަލާ ދިނުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. ވަޒީރު ވިދާޅުވި ކަމަށް ރޭޑިއޯއިން ބުނީ ހަމާސް ބަލި ކުރެވިއްޖެކަން ކަށަވަރު ކުރެވެންދެން ގާޒާއަށް ހަމަލާދޭނެ ކަމަށެވެ.

ގާޒާ ހަނގުރާމަ އަދި ނިމެން ކައިރިވެސް ނުވާކަމަށް އަސްކަރީ ފައުޖުތަކަށް ބެނީ ގަންޒް ވިދާޅުވި ކަމަށް ވެސް އިޒްރޭލުގެ މީޑިއާއިން ބުނެ އެވެ. އަދި ބުނީ އިޒްރޭލުން މިހާރު އަމާޒު ހިފާފައި ވަނީ ހަމާސް ނައްތާލަން ކަމަށާއި ގާޒާގައި ހަމާސްގެ އޮފިޝަލުން ބޭނުންކުރާ ދެގޮތަށް ވެސް ހަމަލާދޭނެ ކަމަށެވެ.

"ދުވަސްތައް އަދި އޮތީ ކުރިއަށް،" ބެނީ ގަންޒް ވިދާޅުވި ކަމަށް އިޒްރޭލް ނޫސްތަކުން ބުނެ އެވެ. "ދެން ހަމަލާދެމުން ގެންދާނީ ހަމާސްގެ ޖެނެރަލުންނައި ކޮމާންޑަރުންނަށް،" އަސްކަރިއްޔާގެ އޮފިޝަލުންނަށް ބެނީ ގަންޒް ވިދާޅުވި އެވެ.