ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

މި މަހުގެ ނިޔަލަށް ލަންކާއަށް އެތެރެވުން މަނާކޮށްފި

މި މަހުގެ ނިޔަލަށް ސްރީލަންކާއަށް އެތެރެވުން މަނާކޮށް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފި އެވެ.

ލަންކާގެ ބޯޑަރު ބަންދުކޮށްފައި މި ވަނީ ކޮވިޑްގެ ހާލަތު އެ ގައުމުގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލަންކާގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެ ގޮތުން މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް އެ ގައުމަށް އެއްވެސް މީހަކަށް އެތެރެނުވެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެެހެން ނަމަވެސް ސްރީލަންކާއިން އެހެން ގައުމުތަކަށް ދަތުރުތައް ކުރެވޭނެ ކަމަށް އަންގާފައިވާ ކަަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން އިތުރަށް ސަމާލުވުމަށް އެދިފައެވެ.